މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 49 ވަނަ ޞަފްޙާ

އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ

އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބޮންޑަށް އިންވެސްޓުކުރި މީހުންނަށް ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ. މިއީ އެމްޕީއެލް އިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. މި ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕަރިލް މަހުގެ 11 ވަނަ ދުވަހުއެވެ. މި ބޮންޑަށް ގިނަ ފަރާތްތަކުން އިންވެސްޓު ކުރި ކަމަށް އެމްޕީއެލުން ބުންޏެވެ. އެމްޕީއެލުން ބުނީ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްތަކަށް ޖަމާކޮށްދީފައިވަނ...

އަޙްމަދު ވަހީދު
އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 60 ލާރި ބަހަން ފާސްކޮށްފި

އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 60 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައެވެ. މިގޮތަށް ފާސްކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ހިއްސާދާރުންނަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. އެ ކުންފުނިން މިދިޔަ ދެ އަހަރު ވެސް ހިއްސާއަކަށް ބަހާފައި ވަނީ […]

އަޙްމަދު ވަހީދު
އެކި ރަށްރަށުގައި 43 ޖަނަރޭޓަރު އަލަށް ގާއިމްކުރެވިއްޖެ: ފެނަކަ

އެކި ރަށްރަށުގައި 43 ޖަނަރޭޓަރު އަލަށް ގާއިމްކުރެވިއްޖެ: ފެނަކަ

މި އަހަރުގެ މިއަދާއި ހަމައަށް 43 ޖެނަރޭޓަރެއް އަލަށް އެކި ރަށްރަށުގައި ގާއިމްކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އިންޓަވިއެއްގައި ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ، މި އަހަރު ފެށުނުއިރު ފެނަކައިން ހިދުމަތްދޭ ގިނަ ރަށް ރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅުކުރަން ޖެހިފައި ކަމަށެވެ. އަދި ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި ކަމަށެވެ. އެގޮތުން، ވަރަށް ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަހޯލް ކުރަންޖެހިފައި...

އަޙްމަދު ވަހީދު
މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

މިފްކޯއިން، އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި މެމޯގައި ބުނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ “މިފްކޯ އެފިޝަންސީ އެކްސަސައިޒް”ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރ...

އަޙްމަދު ވަހީދު
އެމްޑަބްލިޔުއެސްސީއިން ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުގައި ވައި ސާފުކުރާ ނިޒާމު ގާއިމުކުރަން ފަށައިފި

އެމްޑަބްލިޔުއެސްސީއިން ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުގައި ވައި ސާފުކުރާ ނިޒާމު ގާއިމުކުރަން ފަށައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް، އެތަންތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ގާއިމުކުރި ނިޒާމު އޮޕަރޭޓްކުރަން އިއްޔެ ވަނީ ފަށާފައެވެ. އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. މި ނިޒާމ...

އިބްރާހިމް އަސްވާޤް
އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީން ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ. އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ އުމަރު ޒާހިރު ބިލްޑިންގައެވެ. މި ޖަލްސާގައި ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 އިންސައްތަ ވޯޓުންނެވެ. މިޖަލްސާގައި އޮންލައިންކޮށްވެސް އަދި ޖަލްސާއަށް ޙާޒިރުވެގެންވެސް ހިއްސާދާރުން ވަނީ ބައިވިއެވެ. މިޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑެލ...

އަޙްމަދު ވަހީދު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕޯސްޓުން ހާއްސަ ފޯރަމެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕޯސްޓުން ހާއްސަ ފޯރަމެއް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފާހަގަކުރާ “އެސްއެމްއީ ޑޭ”އަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓުން ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފިއެވެ. “އެސްއެމްއީ ޑޭ ފޯރަމް ފޯ އެސްއެމްއީ”ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ރާވާފައިވާ މި ފޯރަމްގައި ރަޖިސްޓްރީވެވޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޕޯސްޓުން ބުނެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ވިޔަފާރިވެރިންނާއި […]

އަޙްމަދު ވަހީދު
އުރީދޫ މަސްރޭސް މިއަހަރު ހިންމަފުށި، ނައިފަރު އަދި ތިނަދޫ ސިޓީގައި

އުރީދޫ މަސްރޭސް މިއަހަރު ހިންމަފުށި، ނައިފަރު އަދި ތިނަދޫ ސިޓީގައި

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް2024 މިއަދު އިއުލާނުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މިއަހަރުގެ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުއެވެ. މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަަށް އުރީދޫން ބުނެއެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށްގެންދިއުމަށް […]

އަޙްމަދު ވަހީދު
މެންޑޭޓުގައި ނުހިމެނޭ ދެ ޕްރޮޖެކްޓު ބާތިލް ކުރަން ފެނަކައިން ނިންމައިފި

މެންޑޭޓުގައި ނުހިމެނޭ ދެ ޕްރޮޖެކްޓު ބާތިލް ކުރަން ފެނަކައިން ނިންމައިފި

ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑް ނުކުރެވިހުރި ކަމަށެވެ. އަދި އެ ފައިސާ ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ފެނަކައިން ހިންގި ޚިޔާނަތްތަކުގެ ތަފްޞީލު ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށެވެ. ނިމިދިޔަ ސަރު...

އަޙްމަދު ވަހީދު
މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ

މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ

ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ. މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ، އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. “މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މ...

އަޙްމަދު ވަހީދު
ނުއަގުގައި ދޯންޏެއް ނުނަގާ، އެއީ ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް: ފެނަކަ

ނުއަގުގައި ދޯންޏެއް ނުނަގާ، އެއީ ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް: ފެނަކަ

ނުއަގުގައި ދޯންޏެއް ކުއްޔަށް ނުހިފާ ކަމަށާއި އެ ވާހަކަ ދައްކަނީ ފިތުނަ އުފައްދަން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ ފެނަކައިން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އެގިތުން، ދައުރު ކުރަމުން ދަނީ އެ ފެނަކައިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއްގެ ނަކަލެއް ކަމަށް ފެނަކައިން ބުންޏެވެ. ފެނަކައިން ބުނީ އެއީ ފާއިތުވި ހަތް މަސްދުވަހުގެ […]

އަޙްމަދު ވަހީދު
އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާގެ ފައިދާ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 މީހުން ބައިވެރިވިއެވެ. މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ […]

އަޙްމަދު ވަހީދު
ވެމްކޯއިން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ފަށަައިފި

ވެމްކޯއިން ރިސޯޓުތަކުން ކުނި ނެގުމުގެ ހިދުމަތް ފަށަައިފި

ވެމްކޯއިން ރިސޯޓުތަކުން ކުނި އުކާލުމުގެ ޚިދުމަތް ފަށައިފިއެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ. ވެމްކޯއިން ބުނީ ރިސޯޓުތަކުން އުފައްދާ ކުނި ނަގައިދޭން ފަށާފައިވަނީ ކުންފުނީގެ ސަރަޙައްދީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭތީ އެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެކަމަށް އެ ކު...

އަޙްމަދު ވަހީދު
އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފި

އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފި

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފިއެވެ. ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމީއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރް މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވިއެވެ. އެސްޓީއޯ އިން ބުނީ މި ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށެވެ. އެެހެންކަމުން...

އަޙްމަދު ވަހީދު
މާޅޮހު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާޅޮހު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބ. މާޅޮހުގެ ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު