ގަތަރުގެ ސަފީރު، ގަތަރުގެ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓް އުރީދޫ އަށް ޒިޔާރަތް ކުރައްވައިފި
ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ގަތަރުގެ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރު އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ސަފީރު ވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ރާއްޖޭގައި ކުރާ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓްކަން ފާހަގަކުރައްވާފައިވެއެވެ. އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީއާއި ކުންފުނީގެ އިސްވެރިން ސަފީރަށް މަރުޙަބާ ދެންނެވިއެވެ. ބައްދަލުވުމުގައި ރާއްޖޭގ...