ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުގެ ދައުލަތާއި ނުވަތަ އިސްރާއީލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފިއެވެ. އެމްއޭސީއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތަށް ހަވާ އެރުވުމަށް އެ ކުންފުނިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަމަށް ބުނެ 7 ޖުލައި 2025 ގައި ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްއިން އަލަށް ތަޢާރަފުކުރި ޕްރޮމޯޝަނެއްގައި، އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއާ ހަމައަށް ރިޗާޖުކޮށްގެން ނުވަތަ 50 ރުފިޔާގެ އެޑް-އޮންއެއް ނަގައިގެން ސެމްސަންގް އެސް 25 އަލްޓްރާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި ޕްރޮމޯޝަންގެ މައިގަނޑު އިނާމުގެ ގޮތުގައި ހަމަޖެހިފައިވަނީ ސެމްސަންގް އެސް 25 އަލްޓްރާ ކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ. މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް އަގުހުރި އިނާމުތަކެއް ދޭ...
އިބްރާހިމް އަސްވާޤް
ތައިލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސްއިން އެ ކުންފުނީގެ ފުރަތަމަ އޯލް-އިންކްލޫސިވް ލައިފްސްޓައިލް ރިސޯޓް، ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ޑުސިޓް ބްރޭންޑްގެ ދެވަނަ ޕްރޮޕަޓީއެވެ. މީގެ 13 އަހަރު ކުރިން ބ. މުއްދޫގައި ހުޅުވި ފަސްތަރީގެ ރިސޯޓަކީ އެ ކުންފުނީގެ ފުރަތަމަ ރިސޯޓެވެ. މިމަހުގެ 27 ގައި ސޮފްޓް އޯޕަނިންގ ބޭއްވުމަށް ހަމަޖެހިފައިވާ މި...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް 50ރ. އާ ހަމައަށް ރީޗާޖްކޮށްގެން، ކޮންމެ ހަފްތާއަކުވެސް އަގުހުރި އިނާމެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެޕް މެދުވެރިކޮށް 50ރ. އިން މަތިން ރީޗާޖްކޮށްގެން ކޮށްގެން ހަފްތާއަކު އަގުހުރި އިނާމުތައް ލިބޭނެ ކަމަށެވެ. އެގޮތުން ބޮޑު އިނާމުގެ ގޮތުގައި ލިބޭނީ ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާއެކެވެ. މި ޕްރޮމޯޝަނުގައި ކޮންމެ […]
އިބްރާހިމް އަސްވާޤް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިން ދާއިރާއިން ކިޔަވަން 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފިއެވެ. އެމްއެމްއޭ އިން ބުނީ މިއީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން އެ އިދާރާގެ “އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް” ތައާރަފްކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާތައް – އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭން...
އަޙްމަދު ވަހީދު
މާދަމާއިން ފެށިގެން ރ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ދޭނީ ޓިކެޓް ވިއްކައިގެން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ބުނެފިއެވެ. ރ. އަތޮޅުގައި އާރުއޭޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ހަފުތާގައެވެ. މިއަދަކީ މި ހިދުމަތް އެ އަތޮޅުގައި ހިލޭދޭ ފަހު ދުވަހެވެ. އާރުއޭޓީއެލްގެ ހިދުމަތަށް ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާފައިވާއިރު، އެ ޒޯނުގައި […]
އަޙްމަދު ވަހީދު
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން އޭޓީއެމުން މަހަކު 750 ޑޮލަރު ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. އެ ބޭންކުގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް އިއްޔެ ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ބީއެމްއެލްއިން ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްދީފައިވެއެވެ. ނަމަވެސް، […]
އަލީ އާދިލް
މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި އެކުންފުނިން މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަމުގެ މަސައްކަތް ކުރަމުން ދާތީ، މާދަމާ ހެނދުނު 09:30 އާއި 11:30 ދެމެދު ޖަންބު މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ. ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތ...
އަލީ އާދިލް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކޮށްފިއެވެ. އެ ކިންފުނީގެ ބޯޑަށް މެންބަރުން އައްޔަން ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ. ޕީސީބީން ބުނީ މިއަދު ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކުރީ އިއްޔެ ކަމަށެވެ. ޑިވެލޮޕްމަންޓު ބޭންކްގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން: މއ. މާފުނަ، ހަސަން މިރާސް މ. ލަންސިމޫގެ، އަހުމަދު އަޒްޔާން ހަމީދު ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް ގދ. ރަތަފަންދޫ، ޗަބޭލީވިލާ، އަ...
އަޙްމަދު ވަހީދު
ށ. ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން %86 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެގޮތުން ނޫމަރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އަދި އެ ކުންފުނިން ބުނެފައިވަނީ މިހާރު މި މަޝްރޫޢުގެ %86 މަސައްކަތް ނިމިފައިވާއިރު މި މަސައްކަތުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢުގެ...
އައިޝަތު އައިނީ އާމިރު
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ. ބީއެމްއެލުން ބުނީ މި ބަދަލު އަންނާނީ މާދަމާއިން ފެށިގެން ކަމަށެވެ. މިހާރު މަހަކު ބޭރުގެ މުއާމަލާތްތަކަށް ޑެބިޓް ކާޑުތަކަށް ދީފައިވަނީ 250 ޑޮލަރުގެ ލިމިޓެކެވެ. ބޭންކުން ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުންވެސް ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މި ބަދަލު ގެނައީ މިހާރު ޑެބިޓް ކާޑުތަކުން ބައެއް ކަސްޓަމަރުން ނަހަމަ...
އަޙްމަދު ވަހީދު
އައްޑޫ ސިޓީގައި ކުރިއަަށްގެންދިޔަ އުރީދޫ މޯލްޑިވްސްގެ ފަންރަންއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ރާއްޖޭގައި ކުރިއަށްގެންދާ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މިހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާންނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. މި ދުވުމުގައި ފެށުނީއްސުރެ ނިމެންދެން ކޮންމެކިލޯމީޓަރެއްގައި ފޯމް، ކުލަ އަދި އޮބްސްޓެކަލްސް ސްޓޭޝަންތައް ބަހައްޓާފައި ހުއް...
އަޙްމަދު ވަހީދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށައިފިއެވެ. މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ރ. އަތޮޅުގައި އާރުއޭޓީއެލްގެ ހިދުމަތް މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ދޭނީ ހިލެއެވެ. އެއަށް ފަހު ޓިކެޓް ވިއްކަން ފަށާނެއެވެ. އާރުއޭޓީއެލްގެ ހިދުމަތަށް ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި މަޝްރޫއުގެ ޒޯން 2 ގައި ހި...
އަޙްމަދު ވަހީދު
އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އުރީދޫ ފަން ރަން 2025″އަށް ޚާއްސަކޮށްގެން ބާއްވާ ބަހާއި ފެރީގެ ރޫޓުތައް އާންމުކޮށްފިއެވެ. އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވާއިރު މި އުފާވެރި ހަރަކާތުގައި ގިނަ ބަޔަކަަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އަތޮޅުތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދެއެވެ. އެގޮތުނ...
އަޙްމަދު ވަހީދު
ރ. އަތޮޅުގައި މާދަމާ އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެެއްވީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން މި ޚިދުމަތް ދޭން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، އެ އަތޮޅުގ...
އަޙްމަދު ވަހީދު