މައި ޚަބަރަށް ދިޔުމަށް

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 257 ވަނަ ޞަފްޙާ

އާއަހަރާ ދިމާކޮށް ބެންކޮކަށް، މޯލްޑިވިއަންގެ ޓިކެޓު ޚާއްސަ އަގެއްގައި ވިއްކަންފަށައިފު

އާއަހަރާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަން އިން ބެންކޮކަށް ޚާއްސަ އަގެއްގައި ޓިކެޓް ވިއްކަން ފަށައިފިއެވެ. އެ އެއާލައިނުން މިމަހު 23 އިން އަންނަ މަހުގެ 10 ގެ ނިޔަލަށް ބެންކޮކަށް ދަތުރުކުރާ ފަސިންޖަރުންނަށް މާލެ – ބެންކޮކް ދެކޮޅު ޓިކެޓު ވިއްކަނީ 4918.98 ރުފިޔާ (319 ޑޮލަރު) އަށެވެ. Embrace the new decade in Bangkok! For reservations call 3335544 or any Maldivian Office | Conditions Apply #TheNationalAirline #Maldivian […]

ޔުމްނާ ޢަލީ

ރާއްޖޭގެ ލީޑިންގް އެއާލައިން އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ގާލާ އެޑިޝަންގައި ލީޑިންގް ލޯކަލް ކެރިއާއަކަށް މޯލްޑިވިއަން ހޮވިއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް މޯލްޑިވިއަންއިން ކާމިޔާބުކުރީ ވިލާ އެއާއާއި ޓްރާންސް މޯލްޑިވިއަން އެއާވޭސްއާ ވާދަކޮށްގެންނެވެ. ލީޑިންގް އެއާޕޯޓް/ ސިޓީ ހޮޓެލް އެވޯޑް ހާސިލުކުރީ ހުޅުމާލޭގައި ހުންނަ އެއާޕޯޓް ބީޗް ހޮޓެލްއިންނެވެ. ސްރީލަންކަން އެއާލައިންސްއިން ވަނީ ލީޑިންގް އިންޓަނޭޝަނަލް ކެރިއާގެ އެވޯޑް ދިފާއުކޮށްފަ އެވެ. އަދި ލީޑިންގް ލޯ ކޮސްޓް ކެރ...

ޔުމްނާ ޢަލީ
ރ.އަތޮޅުގައި ފައިވް ސްޓާ އިތުރު ރިސޯޓެއް އަންނަ މަހު ހުޅުވަނީ

ރ.އަތޮޅުގައި ފައިވް ސްޓާ އިތުރު ރިސޯޓެއް އަންނަ މަހު ހުޅުވަނީ

ރ.އަތޮޅުގައި ތަރައްގީކޮށްފައިވާ ފައިވް ސްޓާ ރިސޯޓް ބްރެނިއާ ކޮއްޓެފަރު އަންނަ މަހު ޓޫރިސްޓުންނަށް އާންމުކޮށް ހުޅުވާލަން ނިންމައިފިއެވެ. މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ތަރައްގީ ކޮށްފައިވާ ރ. އަތޮޅުގައި އަނެއްކާ ވެސް ފައިވް ސްޓާ ރިސޯޓެއް އަންނަމަހު ހުޅުވަން ނިންމާފައިވާއިރު ރިސޯޓު ރަސްމީކޮށް ހުޅުވާނީ އަންނަ އަހަރުގެ މާޗުގަ އެވެ. އާއިލީ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރި މި ރިސޯޓުގައި 190 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި އޯވާ ވޯޓާ ވިލާތަކާއި ގާޑެން ވިލާތައް ހިމެނެ […]

ފާތިމަތު ސިނާޒާ
ފިޔާ ގެނެސް އެސްޓީއޯއިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު 40ރ. އަށް

ފިޔާ ގެނެސް އެސްޓީއޯއިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު 40ރ. އަށް

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ފިޔާގެ އާ ޝިޕްމަންޓެއް ގެނެސް، އެސްޓީއޯއިން ފިޔާ ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޔާގެ އަގު ބޮޑުވުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އިންޑިއާއިން ފިޔާގެ އާ ޝިޕްމަންޓެއް ގެނެސްފައިވާކަމަށާއި، އޭގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. https://twitter.com/HusenAmr/status/1206561925892427783?s=20 އެސްޓީއޯއިން ބުނީ...

ޔުމްނާ ޢަލީ
އުރީދޫގެ އަސާސީ އަދި ހިންގާ ގަވައިދަށް ބޮޑެތި އިސްލާހްތަކެއް

އުރީދޫގެ އަސާސީ އަދި ހިންގާ ގަވައިދަށް ބޮޑެތި އިސްލާހްތަކެއް

އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން އިތުރުކޮށް، އުރީދޫގެ އަސާސީ ގަވާޢިދާއި ހިންގާ ގަވައިދަށް މުހިއްމު އިސްލާހުތަކެއް ގެނެސްފިއެވެ. މިއިސްލާހްތައް ގެނެސްފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި އުރީދޫގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާގައެވެ. އުރިދޫގެ އަސާސީ ގަވައިދަށް ގެނައީ މައިގަނޑު ތިން އިސްލާހެކެވެ. އެއީ އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން ވެސް އުރީދޫން ދޭ ޚިދުމަތްތަކުގެ ލިސްޓަށް އިތުރުކުރުމާއި މޯބައިލް މަނީ ހިދުމަތާ އެކު މާލީ ދާއިރާ އަށް އެ ކުންފުނި ހުޅުވައިލުން އަސާސީ ގަވައިދަށް އިތުރުކުރުމެވެ. We have...

ހުސައިން ހަބީބް
އެސްޓީއޯ އިން ވިއްކާ ނިޕޯން ކުލަ ގަތުމުން، ކުލަ ލައިދިނުމުގެ ހިދުމަތް

އެސްޓީއޯ އިން ވިއްކާ ނިޕޯން ކުލަ ގަތުމުން، ކުލަ ލައިދިނުމުގެ ހިދުމަތް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ނިޕޯން ކުލަ ގަތުމުން، ކުލަ ލައިދިނުމުގެ ހިދުމަތް އެސްޓީއޯއިން ފަށައިފި އެވެ. މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް ފަށައިދިނީ މިއަދު އެކަމަށްޓަކައި ފިޔަވަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް ހެންރީ އަންގް އެވެ. ކުލަލުމުގެ ހިދުމަތް އިފްތިތާހު ކުރުމުގ...

ޔުމްނާ ޢަލީ

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަނާއި އެކު ހާއްސަ ޑިސްކައުންޓް ތަކެއް

އެމްޓީސީސީން ކޮންމެ އަހަރެއްގެ ނިމުމާއި ދިމާކޮށް ބާއްވަމުން އަންނަ ކަށަވަރު ޕްރޮމޯޝަން ފަށައިފިއެވެ. ފެށޭ ޖެނުއަރީ މަހުގެ10 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި ސުޒުކީ އިންޖީން، ޔަންމާ115 ހޯސްޕަވަރ ގެ އިންޖީން، އިންޑަސްޓިރިއަލްގޭސް، ސިގްމާ މެރިން ދަވާދު އަދި ޔަންމާ އަދި ސުޒުކީ އިންޖީން ގެސްޕެއަރް ޕާރޓްސް އިން ވަރަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިެގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މިޕްރޮމޯޝަން ޙާއްސަ ކުރެވިފައިވަނީ ފައިސާ ދައްކަވާ ތަކެތި ބައްލަވާގަންނަވާ...

ފާތިމަތު ސިނާޒާ
މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާއަކަށް ނިޕޮން ޕެއިންޓް މެރިން

މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާއަކަށް ނިޕޮން ޕެއިންޓް މެރިން

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން (އެންބީއޭއެމް) އިންތިޒާމްކޮށްގެން ބާއްވާ، ފަސް ވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާރ އަކަށް ނިޕޮން ޕައިންޓް މެރިން ހަމަޖެހިއްޖެއެވެ. އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އެސްޓީއޯގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެން ސޮބާހް އެވެ. އަދި އެންބީއޭއެމްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެސޯސިއޭޝަންގެ ރައީސް އިބްރާޙިމް ޝަހިދުއެވެ. އެސްޓީއޯއަކީ ނިޕޮން ޕެއިންޓްގެ އޮފިޝަލް ޑިސްޓިބިއުޓަރއެވެ. ބޯޓިން އެ...

މަރްޔަމް ސިމާނާ
އިއްތިހާދު އެއާލައިންސްއިން ކުރާ ދަތުރުތަކުގައި އެންމެ ފަހުގެ ބޯއިން 787 ޑްރީމްލައިނާ ބޭނުންކުރަންފަށައިފި

އިއްތިހާދު އެއާލައިންސްއިން ކުރާ ދަތުރުތަކުގައި އެންމެ ފަހުގެ ބޯއިން 787 ޑްރީމްލައިނާ ބޭނުންކުރަންފަށައިފި

އަބޫ ދާބީގެ މައި އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭޒްއިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި އެންމެ ފަހުގެ ބޯއިން 787 ޑްރީމްލައިނާ މަތިންދާބޯޓު ބޭނުންކުރަން ފަށައިފި އެވެ. އިއްތިހާދު އެއާވޭޒްއިން ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަތިންދާބޯޓު ކަމަށްވާ 787 ޑްރީމްލައިނާ ބޭނުންކުރަނީ އަބޫ ދާބީން ހެނދުނު ފުރައިގެން މާލެ އަންނަ ފްލައިޓުގަ އެވެ. އެގޮތުން، ދުވާލަކު އެއް ފަހަރު އޮންނަ މި ދަތުރުގައި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 787 ޑްރީމްލައިނާ ބޯޓު […]

ފާތިމަތު ސިނާޒާ
ބީއެމްއެލް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާ ކޮށްފި

ބީއެމްއެލް އިން އާކް އަށް 60،000 ރުފިޔާ ހަދިޔާ ކޮށްފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އެޑްވޮކޭޓް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން60،000 ރުފިޔާ މިއަދު ހަވާލުކޮށްފިއެވެ. ބީއެމްލްގެ މައި އޮފީހުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި، ހަވާލުކޮށްފައިވާ މި ފައިސާ އަކީ ބީއެމްއެލްގެ މުއައްޒަފުންގެ ނަމުގައި ހަދިޔާ ކުރި ފައިސާއެވެ. މި ފައިސާ އާކް އާއި ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ އެވެ. ޓިމް ވިދާޅުވި ގޮތުގައި މި އެހީތެރިކަމަކީ […...

މަރްޔަމް ސިމާނާ
އަލިބާބާ ކުންފުނި ފަހަތަށް ޖައްސާލާ އަރަމްކޯ ރިކޯޑްފޮތަށް

އަލިބާބާ ކުންފުނި ފަހަތަށް ޖައްސާލާ އަރަމްކޯ ރިކޯޑްފޮތަށް

ޢަރަބިއާގެ ޤައުމީ ތެޔޮ ކުންފުނި ކަމަށް ވާ އަރަމްކޯއިން ޙިއްސާ ވިއްކައިގެން ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފިއެވެ. ސަޢުދީ ގެ ގައުމީ ތެޔޮ ކުންފުނިން ހިއްސާ ގަތުމަށް ހުޅުވާލި ފުރުޞަތުގައި އެކުންފުނީގެ 1.5 އިންސައްތަ ހިއްސާ ނުވަތަ 3 ބިލިއަން ޙިއްސާ ވިއްކާފައިވަނީ ޙިއްސާއެއް 32 ރިޔާލު ނުވަތަ 8.53 ޑޮލަރަށެވެ. އެ ރޭޓުގައި ހިއްސާ ވިއްކައިގެން އެކުންފުންޏަށް ވަނީ 25.6 ބިލިއަން ޑޮލަރު ލިބިފައެވެ. އެއާއެކު އެކުންފުނި ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އިނީޝިއަލް ޕަބްލިކް އޮފަރިން […]

ފާތިމަތު ސިނާޒާ
އެސްޓީއޯ އިން އަހަރު ނިންމާ އަގުހެޔޮ ސޭލް، 50% ޑިސްކައުންޓާއި އެކު

އެސްޓީއޯ އިން އަހަރު ނިންމާ އަގުހެޔޮ ސޭލް، 50% ޑިސްކައުންޓާއި އެކު

އެސްޓީއޯ އިން ކުރިއަށް ގެންދާ “އިޔާ އެންޑް ސޭލް” 50% ޑިސްކައުންޓް އާއި އެކު ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ. އަގުހެޔޮ މުދަލާއެކު މި ސޭލް ފަށާފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ސޭލް ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯގެ ހުރިހާ އައުޓްލެޓް ތަކެއްގައިވެސް މި ސޭލް އޮންނައިރު 50% އާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހެޔޮ […]

މަރްޔަމް ސިމާނާ
ރަންދެލި ފަހަތަށް ޖައްސާލާ ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް ވެލާ

ރަންދެލި ފަހަތަށް ޖައްސާލާ ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް ވެލާ

މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ދިން ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ކަމަށް، ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވެލާއިން ވަނީ ނިމިގެންދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1,329.31 ޑޮލަރު (20,497.96 ރ) ވަނީ ދީފައެވެ. މިއީ ނިމިގެން ދިޔަ އޮކްޓޯބަރު މަހާ އަޅާބަލާއިރު 413.28 ޑޮލަރު (6372.78ރ) ގެ ކުރިއެރުމެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ލިސްޓްގެ މަތިން ޖާގަހޯދި […]

ފާތިމަތު ސިނާޒާ
ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އެެމެރަލްޑް މޯލްޑިވްސް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އެެމެރަލްޑް މޯލްޑިވްސް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އެެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ރަސްމީކޮށް ހުޅުވައިފި އެވެ. ޖުމްލަ 20 ހެކްޓަރުގެ ބޮޑު ރަށެއްގައި ހަދާފައިވާ އެމެރަލްޑް މޯލްޑިވްސް ރިސޯޓުގައި 120 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 60 ބީޗު ކޮޓަރި އާއި 60 މޫދު ކޮޓަރި އެވެ. މި ކޮޓަރިތައް ހަދާފައި ވަނީ ރަށުގެ ވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ބަލައިގެން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. މި ރިސޯޓުގައި ހަތަރު ރެސްޓޯރަންޓް […]

އިބްރާހިމް އަސްވާޤް

ބީއެމްއެލްގެ މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާގެ އިނާމް

މި އަހަރު އަލަށް ތައާރަފް ކުރި މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ. މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ޕްްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި، މަސްވެރިޔާގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާފެ އިނާމ...

މަރްޔަމް ސިމާނާ