މައި ޚަބަރަށް ދިޔުމަށް

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 25 ވަނަ ޞަފްޙާ

ސްޓެލްކޯގެ ބޯޑަށް ޑީއެމްޑީ މުޒްނާ

ސްޓެލްކޯގެ ބޯޑަށް ޑީއެމްޑީ މުޒްނާ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށްފައިވާ ކަމަށެވެ. އާމިރުގެ ބަދަލުގައި މުޒްނާ އެ މަގާމަށް ހަމަޖައްސާފައިވާކަމަށް ވެސް ޕީސީބީ އިން ވަނީ ބުނެފައެވެ. މުޒްނާ ސްޓެލްކޯގައި ޚިދުމަތްކުރަށްވަން ފެއްޓެވީ 2000 ވަނަ އަހަރުއެވެ. މުޒްނާގެ މަސައްކަތުގެ ރެކޯޑަށް ބަލާއިރު،...

ޔުމްނާ ޢަލީ
އުރީދޫގެ ހަތް ވަނަ އުމްރާ ދަތުރު ލިބުނު ފަރާތް ހޮވައިފި

އުރީދޫގެ ހަތް ވަނަ އުމްރާ ދަތުރު ލިބުނު ފަރާތް ހޮވައިފި

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އުމްރާ ދަތުރު ލިބޭ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތްވަނަ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. ހަތް ވަނަ އުމްރާ ދަތުރު ލިބިފައިވަނީ ޅ. ނައިފަރު، ހުއްރިއްޔަތު މުހައްމަދެވެ. ހުއްރިއްޔަތުގެ ފަރާތުން މި އުމްރާ ދަތުރުގެ އިނާމާ ހަވާލުވެފައިވަނީ އަލީ ރަޝީދެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ޖުމްލަ 19 ކަސްޓަމަރަކަށް […]

އިބްރާހިމް އަސްވާޤް
ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ: ރައީސް

ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ ދިވެހި ޕޯސްޓްގެ ޚިދުމަތަށް 119 ވަނަ އަހަރު ފުރުމުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިނ...

ޔުމްނާ ޢަލީ
މޯލްޑިވްސް ޕޯސްޓްގެ 119 އަހަރު ވީ ދިގު ދަތުރު، ވިޔަފާރިތައް ކުރިއެރުމުގައި ބޮޑު ދައުރެއް

މޯލްޑިވްސް ޕޯސްޓްގެ 119 އަހަރު ވީ ދިގު ދަތުރު، ވިޔަފާރިތައް ކުރިއެރުމުގައި ބޮޑު ދައުރެއް

މޯލްޑިވްސް ޕޯސްޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި މި މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. 1906 ވަނަ އަހަރު ރަސްމީކޮށް ފެށުނު ޕޯސްޓްގެ ޚިދުމަތް މިއަދާ ހަމައަށް އައިއިރު ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ. ފުރަތަމަ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެން ފެށުނު މި ޚިދުމަތް، 1909 ވަނަ އަހަރު ދިވެހިރާއްޖޭގެ އަމިއްލަ...

އިބްރާހިމް އަސްވާޤް
މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް

މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ މަގާމަށް މިއަދު އައްޔަންކޮށްފައިވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ. ފަހުމީ އަކީ ސްޓެލްކޯގައި 25 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގ...

ޔުމްނާ ޢަލީ
އެމްއެމްއޭ ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރުގެ ނިޔަލަށް 23 ބިލިއަން ރުފިޔާގެ މުއާމަލާތް

އެމްއެމްއޭ ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރުގެ ނިޔަލަށް 23 ބިލިއަން ރުފިޔާގެ މުއާމަލާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” މެދުވެރިކޮށް 2024 ވަނަ އަހަރުގެ ނިޔަލަށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އެމްއެމްއޭއިން ނެރެފައިވާ 2024 ވަނަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، އަހަރުގެ ފަހު ކުއާޓަރުގައި ފަވަރަގެ ހިދުމަތް ތައާރަފްކުރި ފަހުން، އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވާއިރު، މި މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. ފ...

އިބްރާހިމް އަސްވާޤް
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން ބާއްވާ އުރީދޫ ނޭޝަންގެ އެޓޯލް ލީގް ފޯރިގަދަކަމާއެކު ފެށިއްޖެ

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން ބާއްވާ އުރީދޫ ނޭޝަންގެ އެޓޯލް ލީގް ފޯރިގަދަކަމާއެކު ފެށިއްޖެ

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 މިއަދު ވަނީ ފަށައިފި އެވެ. މި މުބާރާތަކީ ރާއްޖޭގެ 16 އަތޮޅެއްގެ 35 ރަށަކުން 49 ޓީމް ބައިވެރިވާ، މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތެވެ. 50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މި މުބާރާތުގައި ކުޅޭނީ ޕަބްޖީ މޮބައިލް ގޭމެވެ. މުބާރާތުގެ ޗެމްޕިއަންޝިޕް ހޯދާ ޓީމަށް 25،000 ރުފިޔާ ލިބޭއިރު، ދެވަނައަށް 12،000 […]

އަލީ އާދިލް
ޤައުމީ އިނާމް އުރީދޫ އަށް

ޤައުމީ އިނާމް އުރީދޫ އަށް

ދައުލަތުން ދެއްވާ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް މިއަދު ލިބިއްޖެއެވެ. އުރީދޫ އަށް މި އިނާމް ލިބިފައި ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުންނެވެ. މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި މި އިނާމް އުރީދޫ އަށް ދީފައިވާއިރު، އެ ކުންފުންޏަށް މި އިނާމް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި އުރީދޫގެ ފަރާތުން އިނާމާއި ހަވާލުވެލެއްވީ އޫރީދޫ […]

ޔުމްނާ ޢަލީ
ލަފާކުރި ވަގުތަށްވުރެ އަވަހަށް މެއިންޓަނަންސް މަސައްކަތް ނިންމާލި، އެމްޑީގެ ސާބަސް ސްޓެލްކޯ ޓީމަށް

ލަފާކުރި ވަގުތަށްވުރެ އަވަހަށް މެއިންޓަނަންސް މަސައްކަތް ނިންމާލި، އެމްޑީގެ ސާބަސް ސްޓެލްކޯ ޓީމަށް

ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރެވުނު މޭޖަރ މެއިންޓަނަންސް މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރި ވަގުތަށްވުރެ 1:17 މިނިޓްކުރިން ނިންމާލައިފިއެވެ. ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައި، މެއިންޓަނަންސް މަސައްކަތް ފެށީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. އެމަސައްކަތް އަވަހަށް ނިންމާލެވުނުކަން ފާހަގަކުރަށްވައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހްމީ މިއަދު ވިދާޅުވީ، ހުޅުމާލޭ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައި...

ޔުމްނާ ޢަލީ
ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފި

ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފި

ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފިއެވެ. ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މި އިންޖީނުގޭ މިއަދު ނިއްވާލާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއްޔެ ވަނީ ބުނެފައެވެ. އަދި މި އިންޖީނުގެ ނިއްވާލާތީ މިއަދު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ވެސް ބުނެފަވެއެވެ. އެ ކުންފުނިން މިއަދު ހެނދުނު 6:05 ހާއިރު ބުނީ […]

ޔުމްނާ ޢަލީ
ހުޅުމާލޭ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް ބައެއް ސަރަހައްދުތަކުން މާދަމާ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ހުޅުމާލޭ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް ބައެއް ސަރަހައްދުތަކުން މާދަމާ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ހުޅުމާލޭ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މިރޭ ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި މި މަސައްކަތް ކު...

ޔުމްނާ ޢަލީ
އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީ އަށް

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީ އަށް

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފ...

ޔުމްނާ ޢަލީ
ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް

ތޮއްޑޫ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރަން އެމްޓީސީސީ އަށް

އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. 52 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ....

ނާޒިމާ އަލީ
ސްޓެލްކޯއިން ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯއިން ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯ އާއި މޯލްޑިވިއަން ބްލަޑް ސާވިސް ގުޅިގެންނެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ލޭ ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެވެ. ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ސްޓެލްކޯގެ މުވައްޒަފުންގެ ލޭ ހަދިޔާ […]

އިބްރާހިމް އަސްވާޤް
ހިމަންދޫ ބަނދަރު ތަރައްޤީކުރުމަށާއި ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެމްޓީސީސީ އަށް

ހިމަންދޫ ބަނދަރު ތަރައްޤީކުރުމަށާއި ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެމްޓީސީސީ އަށް

އއ.ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އެ އަތޮޅޫ ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށީގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. 27.51...

ޔުމްނާ ޢަލީ