މިހާރު "މަހާ ޖައްރާފު" ގެ ފަޅުވެރިންނަކީ 100% ދިވެހިން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބިން ހިއްކުމަށް ގެނެސްފައިވާ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކޮށްފިއެވެ. މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މުޅިންވެސް ދިވެހިން ހަމަޖެއްސީ މިއަދުން ފެށިގެން ކަމަށެވެ. ދެހާސް ސަތާރަަވަނަ އަހަރު އެ އުޅަނދު ގެނެސް ބޭނުންކުރަން ފެށިއިރު މަހާޖައްރާފުގައި 10 ބިދޭސީން ތިބިކަމަށާއި ނަމަވެސް މިހ...