އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ބައެއް ރަށްރަށުގެ ކަރަންޓް ޑިމާންޑު ބޮޑުވުމާ ގުޅިގެން، އަންނަ ޕީކު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަ ރަށަކަށް އައު ޖަނަރޭޓަރު ސެޓްތައް ފޮނުވައިފިއެވެ. މިކަމުގެ ސަބަބުން އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިމާންޑަށް ފުދޭވަރަށް ކަރަންޓު ލިބުން ކަށަވަރުވާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ސްޓެލްކޯ އިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އެޅީ އުމްރާނީ ގޮތުންނާއި، […]
އިބްރާހިމް އަސްވާޤް
ނ. ފޮއްދޫ ބަނދަރު ފުން ކުރުމުގެ މަޝްރޫޢުގެ %43 މަސައްކަތް ނިމިފައިވާ ކަމަށް، މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފޮއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެ ރަށު ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ...
އަލީ އާދިލް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި އއ. މަތިވެރި މި ތިން ރަށަށް އިތުރު ޖެނެރޭޓަރު ސެޓް (ޖެންސެޓް) ފޮނުވާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ޖެންސެޓްތައް ފޮނުވީ އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވަމުންދާ ޑިމާންޑް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. ކ. ގުރައިދޫއަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް ސްޓެލްކޯއިން ބުނި ގޮތުގައި، އުމްރާނީ ގޮތުންނ...
ޔުމްނާ ޢަލީ
މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރަސްމީ ރިޒާވް އަންނަ އަހަރު 903 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ލަފާކޮށްފިއެވެ. މި އަންދާޒާ ހާމަކުރީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ރަސްމީ ރިޒާވްގައި ހުރީ 838.6 މިލިއަން […]
ޔުމްނާ ޢަލީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި އެވެ. މި އެކެޑަމީ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ރަށަށް ކުރެއްވި ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ ރައީސް މުއިއްޒެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ ޔޫޓިލިޓީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް މި ދާއިރާއިން މީހުން ބިނާކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު […]
އިބްރާހިމް އަސްވާޤް
ކ. ދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރަސް ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް މުޢިއްޒުއެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މީގެ އިތުރުން އެމްޓ...
ޔުމްނާ ޢަލީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ދިއްފުށީގައި ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިފި އެވެ. މި އިންޖީނުގެ ހުޅުއްވައި ދެއްވީ މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ޒިޔާރަތް ކުރެއްވުމުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ...
ތިލަދުން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ގިނަ ދުވަހު އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ. މި ދެ ބޭފުޅުންނަކީ ކުންފުނީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. ރިޓަޔާކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ އިއްޔެ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފުލާގައި ރިޓަޔާކުރެއްވި ދެ ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާ...
އިބްރާހިމް އަސްވާޤް
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ. އެފްޑީސީން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން، އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް މިއަދު ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. މިއީ މި ދެ ޕްރޮޖެކްޓްގެ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށިގެން ދިޔަ މުހިންމު […]
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެފަހަރު ބާއްވަމުން އަންނަ ވަރަށް މަގުބޫލު ‘އުރީދޫ ފަން ރަން’ ގެ ތައްޔާރީތަކުގެ ގޮތުން، ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ބިލްޑިންގ މިވަނީ ހާއްސަ ލައިޓިންގއަކާއެކު ދިއްލާލާފައެވެ. ކޮމިއުނިޓީ ރަނެއްގެ ގޮތުގައި ކުރިއަށްގެންދާ މި އިވެންޓް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގަ އެވެ. އަދި މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލެވިފައެވެ. އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ […...
އިބްރާހިމް އަސްވާޤް
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ލޯން ސްކީމެއް ތައާރަފުކުރަން ނިންމައިފިއެވެ. “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް”ގެ ނަމުގައި މި ޚާއްސަ ސްކީމް ތައާރަފުކުރަނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިންގެ މަގުފަހިކުރުމުގެ މަގުސަދުގައެވެ. އެމްއެމްއޭއިން ބ...
އިބްރާހިމް އަސްވާޤް
ލ. މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އިތުރު މަޝްރޫޢުތައް ހިމެނޭހެން ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢު ހިމެނޭހެން ގިނަ މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާވަށަށާއި، ހިތަދޫ ކުނަހަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ދެ ރަސްމިއްޔާތުގެ ތެރ...
އައިޝަތު އައިނީ އާމިރު
މިއަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ މޯލްޑިވްސް ގެ “ފަން ރަން” ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ. މި އަހަރުގެ ފަން ރަންގައި ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެގޮތުން 110 ރުފިޔާގެ ސްޓޭންޑާޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 210 ރުފިޔާގެ ފަން ކިޓްގައި ޓީޝާޓާއި ރިސްޓްބޭންޑުގެ އިތުރުން އައިގްލާހަކާއި މަލްޓިޕާޕަސް ބަނޑާނާއެއް ހިމެނެއެވެ. އަދި 31 އޮކްޓޫބަރުގެ ނިޔަލަށް އިތުރު އަގަކާ […]
އިބްރާހިމް އަސްވާޤް
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފިއެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ފަށައި، އެ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 954.43 މީޓަރުގެ ރިވެޓްމަންޓެއް އެޅުމާއި، 114.56 މީޓަރުގެ ގްރޮއިންތަކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ […]
ޔުމްނާ ޢަލީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތަޢާރަފްކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް ކްލައުޑާ އެކު ޕާޓްނަރޝިޕެއް ގާއިމުކޮށްފިއެވެ. ގޫގުލް ވޯކްސްޕޭސްއަކީ ކްލައުޑް ބޭސްޑް ޕްލެޓްފޯމެއް ކަމަށްވާއިރު، މި ޚިދުމަތުގެ ތެރޭގައި ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތަކުގެ އިތުރުން ގޫގުލް ކަލަންޑަރ އާއި ގޫގުލް މ...
އިބްރާހިމް އަސްވާޤް