ރާއްޖޭން ބޭރު ކުރަން އުޅުނު 243 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 245 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދުއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިޔަރު އުރަހަ ހުރި 14 ފޮށި އަތުލައިގަތް ކަމަށް އެއިދާރާއިން ބުންޏެވެ. މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ. ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައަކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭ އެއްޗެކެވެ. އެގޮތުން ކިލޯއެއް 400 ޑޮލަރަށް ވިއްކާލެވޭއިރު މި […]