ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްލަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި، ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުﷲއާއި އޮޅިވެލިފުށީ ކައުންސިލުގެ ރައީސް މުހައްމަދު އާޒިމްއެވެ. މި މަޝްރޫއަށް ބޭނުންވާ ސާމ...
އަޙްމަދު ވަހީދު
ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި މާޅޮހު ކައުންސިލް ރައީސް އަބްދުﷲ ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަށް ބޭނުންވާ ސާމާނު...
އަޙްމަދު ވަހީދު
ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ. ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ އިމާރާތެއް އަޅައި، ފެނުގެ މައި […]
އަޙްމަދު ވަހީދު
ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ އަންނަ އަހަރުގެ ޑެސްކް ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ. މި ކަލަންޑަރުގައި އުރީދޫން ވަނީ އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްފައެވެ. މީގެ ސަބަބުން ކަލަންޑަރުގައި ހިމަނާފައިވާ ރާއްޖޭގެ ރީތި ދިރުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިރިތިބި އެއްޗެހި ގޮތަަށް ދައްކުވައިދޭނެއެވެ. އުރީދޫގެ މި ކަލަންޑަރު ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާންއެވެ....
އަޙްމަދު ވަހީދު
ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ. މިދިޔަ އަހަރު ވެސް މި އެވޯޑު ހާސިލް ކުރީ ރާއްޖޭންނެވެ. މިދިޔަ އަހަރު މަދު ގައުމަކާ ވާދަކޮށް ރާއްޖެއަށް މި އެވޯޑު ލިބުނު ނަމަވެސް މިއަހަރު ލިބުނީ ގިނަ އަދަދެއްގެ ގައުމުތަކާ ވާދަކޮށްގެންނެެވެ. މި އެވޯޑު ރާއްޖެއިން ހާސިލް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 18 މަންޒިލަކާ ވާދަކޮށްގެންނެވެ. މީގެ ތެރޭގައި އާޖެންޓީނާ، ބްރަޒިލް، […]
އަޙްމަދު ވަހީދު
ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެން ހިންދާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކޮށް، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނި...
އަޙްމަދު ވަހީދު
ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު ވެވުނު މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ހެލްތު މިނިސްޓްރީން ބުނީ, އެ އެއްބަސްވުމުގެ ސަބަބުން ފެނަކައިގެ އައިޓީ ޓީމުން ސިއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗާ އޮޑިޓެއް ހަދާނެ ކަމަށެވެ. މި އޮޑިޓުން ސިއްހީ...
އަޙްމަދު ވަހީދު
އެޑްވާންސްޑް ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް މެޕްސް ކޮލެޖްގެ ޖެނުއަރީ/ފެބްރުއަރީ 2022ގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފިއެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭނ...
އިބްރާހިމް އަސްވާޤް
ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަޝްރޫއު ނިންމާލާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދަށް 8،100 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 8.9 މިލިއަން ރުފިގެ މަޝްރޫއެކެވެ. ގޮނޑުދޮށް […]
އަޙްމަދު ވަހީދު
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “އީޔޫ ސަޕޯޓް ފޯ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް”ގެ ދަށުން އީޔޫ އިން ދޒެ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިއަދުއެވެ. އީޔޫއިން ވަނީ ރާއްޖެ އަށް ދެ މިލިއަން ޔޫރޯ ގެ ހިލޭ އެހީ ދޭން ނިންމައިފައެވެ. މީގެ ތެރެއިން […]
އަޙްމަދު ވަހީދު
ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކް، ބަންގަލދޭޝް ބޭންކް އިން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފިއެވެ. ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލޯނު ދޭން ނިންމީ މިދިޔަ މާޗު މަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެހީއަށް އެދިވަގަޑައިގަތުމުން ކަމަށެވެ. އެމަނިކުފާނު މި އެހީއަށް އެދިވަޑައިގަތީ އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވަނީ ބުނެފައެވެ. މި ލޯން ދޭނެ ކަން އިއުލާން ކުރީ އިއްޔެ ބަންގްލަދޭޝްގެ […]
އަޙްމަދު ވަހީދު
ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިންމާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށިލުމާއި، 214 މީޓަރު އެއްގަމު ތޮށިލުމާއި 317 މީޓަރުގެ ރިވެޓްްމެންޓް ޖެހުމާއި، ބަނދަރު ސަރަހައްދުގަ...
އަޙްމަދު ވަހީދު
ބެސްޓްބަޑީ މެދުވެރިކޮށް ޗައިނާއިން މުދާ ގެނައުމުގެ ފުރުސަތު ބެސްޓްބަޑީ މެދުވެރިކޮށް ޗައިނާއިން މުދާ ގެނައުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނީ މި ފުރުސަތުގެ ދަށުން ވިޔަފާރި ބޭނުމަށާއި އަމިއްލަ ބޭނުންތަކަށް ކަސްޓަމަރު ބޭނުންވާ ކޮންމެ މުދަލެއްވެސް ގެނެސްދޭނެ ކަމަށެވެ. މިގޮތަށް މުދާ ގެނެސްދޭނީ މާލެ ޕޯޓަށާއި ކުޅުދުއްފުށީ ޕޯޓަށެވެ. ބެސްޓްބަޑީ މެދުވެރިކޮށް މުދާ ގެންނަ ފަރާތްތަކުން ދައްކަން ޖެހޭނީ އޯޝަން ފްރެއިޓެވެ. އެއީ 1 ސީބީއެމް އަށް އެންމެ 320 ޑޮލަރެވެ. 1 ސީ.ބީ.އެމް އަކީ […]
އަޙްމަދު ވަހީދު
ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެއިންޓަރނެންސް އެއް ކުރިއަށްދާތީ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ. އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 02:30 ން 03:30ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭގެ، ޔޫއެސްޑީ ބުކިިންގ ޕޮޓަލް އަދި މޮބައިލް ޕޭގެ ހިދުމަތަށް 30 ވަރަކަށް މިނެޓަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް […]
އިބްރާހިމް އަސްވާޤް
ކޯވިޑް-19ގެ ވެކްސިންގެ ފުރިހަމަ ކޮށްގެން ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ ގޮތް ހަދައިފިއެވެ. މި ދަތުރުތައް ކުރެޗޭ ގޮތް ހަދައި ވެކްސިނޭޓެޑް ޓްރެވަލް ލޭނެއްގެ އެއްބަސްވުމެއް މިއަދު ވަނީ ވެފައެވެ. މި އެއްބަސްވުން ހަދާފައިވަނީ މިއަދު ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމަށްފަޖު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ވެކްސިންގެ ދެ ޑޯޒް...
އަޙްމަދު ވަހީދު