މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 175 ވަނަ ޞަފްޙާ

ތިލަދުންމަތީ ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ނިންމާލައިފި، މިއަދު ޓެސްޓުތައް ފަށާނެ

ތިލަދުންމަތީ ފެރީ ނެޓްވޯކަށް ބޭނުންވާ ފެރީތައް ނިންމާލައިފި، މިއަދު ޓެސްޓުތައް ފަށާނެ

އުތުރުގެ ފެރީ ނިޒާމްގައި ބޭނުންކުރުމަށް ބަނދެފައިވާ 4 ފެރީއެއްގެ މަސައްކަތް ނިންމައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ލޯންޗު ފެރީތަކަކީ ގަލްފް ކްރާފްޓުން ބަނދެފައިވާ ލޯންޗުތަކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 11 އޭޕްރިލް 2021 ގައެވެ. އެމްޓީސީސީން، ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ 50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ މި ފެރީގައި ފަސިންޖަރުންގެ ސީޓާއި، […]

އަޙްމަދު ވަހީދު
އެމްޓީސީސީން ވަޒީފާތަކަށް މީހުން ތަމްރީން ކުރަނީ، މުސާރަ ބޮޑު

އެމްޓީސީސީން ވަޒީފާތަކަށް މީހުން ތަމްރީން ކުރަނީ، މުސާރަ ބޮޑު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ ދަށުން 140 އަށްވުރެ ގިނަ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކި ވަޒީފާތަކަށް ހޯދުމަށް އެމްޓީސީސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރާނެއެވެ. މި ޕްރޮގްރާމް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިނ...

އަޙްމަދު ވަހީދު
އުރީދޫ އިން ޖެންޑާއަށް ޓެބްލެޓް ހަދިޔާ ކޮށްފި

އުރީދޫ އިން ޖެންޑާއަށް ޓެބްލެޓް ހަދިޔާ ކޮށްފި

އުރީދޫ މޯލްޑިވްސްއިން، ޖެންޑާ މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފިއެވެ. މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި އުރީދޫ އިން އެ މިނިސްޓްރީއަށް ހަދިޔާ ކުރީ 10 ޓެބްލެޓެވެ. މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އެވެ. އުރީދޫފެ ފަރާތުން މިނިސްޓްރީއާ ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒްއެވެ. ޖެންޑާ އިން ވަނީ އުރީދޫއިން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ހ...

އަޙްމަދު ވަހީދު
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރަނީ ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ....

އަޙްމަދު ވަހީދު
އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއް ގޮތަށް ބޭނުން ކުރަނީ

އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއް ގޮތަށް ބޭނުން ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ މާދަމާއިން ފެށިގެން ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ މިވަގުތު ރަންވޭއަށް ފްލައިޓުތައް ޖައްސަން ދަތިވެފައިވައި، އެއާޕޯޓު މިހާރު ރަންވޭގެ އޮފަރޭޝަންސްތައް އަވަސް ކުރުމަށް ކަމަށެވެ. ބައިނަލްއަގުވާ މިންގަޑުތަކާ އެއްގޮތަށް މިހާަރު ވީއައިއޭގެ އާ ރަންވޭއަށް ފްލައިޓު ނުޖެއްސޭނެއެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ސީޕްލޭން ޓާމިނަ...

އަޙްމަދު ވަހީދު
ސަވާދީއްތަ ދަތުރުގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

ސަވާދީއްތަ ދަތުރުގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މި އަހަރު ބާއްވާ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު”ގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ. މިއީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) އިން ބާއްވާ ހަރަކާތެކެވެ. މި އެއްބަސްވުމުގައި އެމްއައިޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ބައ...

އަޙްމަދު ވަހީދު
ދެ ކޮމަންޑޫ ގުޅުވާލަން މަހާ ޖައްރާފު ގެންގޮސްފި، މިރޭ މަސައްކަތް ފަށާނެ

ދެ ކޮމަންޑޫ ގުޅުވާލަން މަހާ ޖައްރާފު ގެންގޮސްފި، މިރޭ މަސައްކަތް ފަށާނެ

ށ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކޮންނަ ބޯޓު، މަހާ ޖައްރާފު ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ލިބިފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން […]

އަޙްމަދު ވަހީދު
ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ހަވާލު ކޮށްފި

ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ހަވާލު ކޮށްފި

ށ.ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. ފެނަކައާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ހަ މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލު ކުރި އަގު މިނިސްޓްރީން ހާމަ ކޮށްފައި ނުވެއެވެ. މަ...

އަޙްމަދު ވަހީދު
ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދަތުރު ކުރެވޭ ގޮތް ހަދަނީ

ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދަތުރު ކުރެވޭ ގޮތް ހަދަނީ

ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއް ގާއިމްކުރަން ދެ ގައުމުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެ...

އަޙްމަދު ވަހީދު
ބާރަށު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ބާރަށު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ހއ. ބާރަށު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވިޝްވަރާޖް އެންވަޔަރަމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މި މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަވާލު ކުރި މަސައްކަތެކެވެ. މި މަސައްކަތް ވިޝްވަރާޖް ކުންފުންޏާ ހަވާލު […]

އަޙްމަދު ވަހީދު
ވެމްކޯ ކޯލްސެންޓަރުން ހިދުމަތްދޭ ވަގުތުތައް ބަދަލުކޮށްފި

ވެމްކޯ ކޯލްސެންޓަރުން ހިދުމަތްދޭ ވަގުތުތައް ބަދަލުކޮށްފި

ވެމްކޯ ކޯލްސެންޓަރުން ހިދުމަތްދޭ ވަގުތުތައް ބަދަލުކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޯލްސެންޓަރުން ހިދުނަތް ދޭނީ ކޮންމެ ދުވަހަކު ހެނދުނު 9ން ހަވީރު 5އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރު 2ން ހަވީރު 5 އަށެވެ. ވެމްކޯގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ހޮޓްލައިން 1666 ތައާރަފު ކޮށްފައެވެ. ކުނި ނުނަގާ ހުރި ނަމަ ކޯލް ސެންޓަރު […]

އަޙްމަދު ވަހީދު
އަހަރުގެ ފުރަތަމަ މަސް ނިމުނު އިރު ފަތުރުވެރިންގެ އަދަދު ލައްކައަކަށް

އަހަރުގެ ފުރަތަމަ މަސް ނިމުނު އިރު ފަތުރުވެރިންގެ އަދަދު ލައްކައަކަށް

މިއަހަރުގެ ފުރަތަމަ މަހު އެއް ލައްކައަށް ވުރެ ފިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 109،842 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު އައީ 76،059 ފަތުރުވެރިންނެވެ. މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެ ގައުމުން 20،244 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެ އަހަރު ވަންދެން ރާއްޖެއަށް […]

އަޙްމަދު ވަހީދު
ހިޔާ ފުލެޓް ސަރަހައްދުން ކުނި އަޅާން ވާ ތަންތަނަށް ކުނި އަޅަން ވެމްކޯއިން ހަނދާން ކޮށްދީފި

ހިޔާ ފުލެޓް ސަރަހައްދުން ކުނި އަޅާން ވާ ތަންތަނަށް ކުނި އަޅަން ވެމްކޯއިން ހަނދާން ކޮށްދީފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުން ކުނި އުކާލާއިރު އަޅަން ޖެހޭ ތަންތަނަށް ކިނި އަޅަން ވެމްކޯއިން ހަނދާން ކޮށްދީފިއެވެ. ވެމްކޯއިން މިހެން ހަނދާން ކޮށްދިނީ ހިޔާ ސަރަހައްދުގެ އެކި ތަންތަަނަށް މީހުން ކުނި އަޅާތީއެވެ. އެގޮތުން ޑަސްބިން ބަހައްޓާފައި ހުރި ތަންތަނަށް ބަރު ކުނި ވެސް ދަނީ އަޅަމުންނެވެ. ބަރު އަދި ބޮޑެތި ކުނިތައް ޑަސްބިން ބަހައްޓާފައި ހުރި ތަނަށް އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ވެމްކޯއިން ބުނީ އެފަދަ ކުނި އެތަނަށް […]

އަޙްމަދު ވަހީދު
ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުތަކަށް ބިލް ނުކުރާނެ: ވެމްކޯ

ވަކި ގޮތެއް އަންގަންދެން ހިޔާ ފްލެޓުތަކަށް ބިލް ނުކުރާނެ: ވެމްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކަށް، ވަކި ގޮތެއް އަންގަންދެން ބިލް ނުކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން މީގެ ކުރިން ވަނީ ހިޔާގެ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރަޖިސްޓްރީ ކުރުމަށް ވެމްކޯގެ ‘ހައުސްހޯލްޑް’ ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފަށަން ނިންމައިފައެވެ. ނަމަވެސް އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. ވެމްކޯއިން ބުނިގޮތުގައި އެކުންފުނީ...

އަޙްމަދު ވަހީދު
އެސްޓީއޯގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާ، އާމްދަނީ ދިހަ ބިލިއަނުން މަތީގައި

އެސްޓީއޯގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާ، އާމްދަނީ ދިހަ ބިލިއަނުން މަތީގައި

އެސްޓީއޯއަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކުއާޓަރަކަށްފަހު ކުއާޓަރެއް އާމްދަނީ ވަނީ އިތުރުވެފައެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުން އަހަރު ނިމުނު އިރު ތެލުގެ އާމްދަނީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ. އަދި އެހެނިހެން ވިޔަފާރިތަކިން ތިން ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯއިން ބުނި […]

އަޙްމަދު ވަހީދު