މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 174 ވަނަ ޞަފްޙާ

އިންޑިއާ ވިޔަފާރިވެރިންނަށް ވިސާނެތި މިހާރު ރާއްޖެ އާދެވޭނެ

އިންޑިއާ ވިޔަފާރިވެރިންނަށް ވިސާނެތި މިހާރު ރާއްޖެ އާދެވޭނެ

ވިޔަފާރީގެ އެކި ކަންކަމުގައި އިންޑިއާގެ ރައްޔިތުންނަށް ވިސާ ނެތި ރާއްޖެއަށް އާދެވޭ ގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވިޔަފާރީގެ ބޭނުމަށް އަންނަ އިންޑިއާ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ ކަމަށެވެ. މިއީ ވިސާއާ ގުޅޭގޮތުން ދެ ގައުމުން ކުރީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ޑިސެންބަރު 17، 2018 ގައި ވެފަައިވާ އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ […]

އަޙްމަދު ވަހީދު
ހަންޏާ މީދޫ ލޯވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތް ކުރިއަށް

ހަންޏާ މީދޫ ލޯވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތް ކުރިއަށް

އދ. ހަންޏާމީދޫ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. މި މަސައްކަތުގެ ދަށުން 2950 މީޓަރުގެ ކޭބަލް ވަޅުލާނެއެވެ. ސްޓެލްކޯއިން ދާދިފަހުންވަނީ ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް ހަންޏާމީދުއަ...

އަޙްމަދު ވަހީދު
ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުން: ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކާ ބައި ހިއްކާ ނިމިއްޖެ

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުން: ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކާ ބައި ހިއްކާ ނިމިއްޖެ

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހުޅިދޫގެ ކުރީގެ ބަނދަރުގެ ހިއްކަން ޖެހޭ ބައި މިހާރު ވަނީ ހިއްކާފައެވެ. މިތަން ހިއްކީ ހުޅުމީދޫ މިފްކޯ ބަނދަރު ތަަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ނަގާފައިވާ ވެލިންނެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު އާ ނެރަށް […]

އަޙްމަދު ވަހީދު
ގަލޮޅުގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގަލޮޅުގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ގަލޮޅުގެ ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ ސަބަބުން ދިމާވެދާނެ […]

އަޙްމަދު ވަހީދު
އުރީދޫ އިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ނިންމައިފި

އުރީދޫ އިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ނިންމައިފި

މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫ މޯލްޑިވްސްގެ ބޯޑުން ނިންމައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައި މިގޮތަށް ނިންމީ އަަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށެވެ. މި އަދަދު ފާސްކުރާނީ އެ ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ. އުރީދޫގެ ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ. އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހުއެވެ. […]

އަޙްމަދު ވަހީދު
ކުނބުރުދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި

ކުނބުރުދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންގޮސްފި

އެމްޑަބްލިއުއެސްސީން އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. އެމްޑަބްލިއުއެސްސީން މިރޭ ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ތަކެތި ޕްރޮޖެކްޓް ސައިޓަށް ގެންގޮސަފައިވާ ކަމަށެވެ. ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާރްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓާނެއެވެ...

އަޙްމަދު ވަހީދު
މަންދޫ ބަންދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަންދޫ ބަންދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކިރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

މިލަދޫ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް

ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހާބަރު ޕޭވްމަންޓްގެ މަސައްކަތް މިހާރުވަނީ ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތ...

އަޙްމަދު ވަހީދު
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ތާވަލު ކޮށްފިއެވެ. އުރީދޫ އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މިމަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް […]

އަޙްމަދު ވަހީދު
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް

ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރަން އެސްޓީއޯއިން ފަށާ ބޭންކަށް ކިޔާނީ “އިވޯލްވް” ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. ރޭ ޑިޖިޓަލް ބޭންކުގެ ނަން ހިއްސާކުރައްވަމުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ވީހާވެސް އަވަހަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ ކުންފުނިން މި ހުއްދައަށް އެދިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ [...

އަޙްމަދު ވަހީދު
ޅައިމަގު ބަނދަރުގެ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ ގެންގޮސްފި

ޅައިމަގު ބަނދަރުގެ އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މިހާރު ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮއްޓަކާއި، 276 މީޓަރުގެ އެއްގަމުތޮއްޓެއް ލާނެއެވެ. އަދި  500 މީޓ...

އަޙްމަދު ވަހީދު
އުރީދޫއަށް އާ ސީއީއޯއެއް އައްޔަން ކޮށްފި

އުރީދޫއަށް އާ ސީއީއޯއެއް އައްޔަން ކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފިއެވެ. މިއަދު މި މަގާމަށް އައްޔަން ކުރީ ގަތަރުގެ ރައްޔިތެއް ކަމަށްވާ ޚާލިދް ހަސަން އެމް އޭ އަލް-ހަމާދީ އެވެ. އޭނާއަށް އުރީދޫ އިން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. ޚާލިދަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި […]

އަޙްމަދު ވަހީދު
ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމާ ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ

ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމާ ރަސްމީކޮށް ސްޓެލްކޯއިން ހަވާލުވެއްޖެ

ސަރުކާރުން ކ. ގުޅީގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ ރަސްމީކޮށް ހަވާލުވެ، ސްޓެލްކޯއިން ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު ގުޅީގައި މިއަދުން ފެށިގެން ޔޫޓިލިޓީގެ ހުރިހާ ހިދުމަތެއް ދެމުން އަންނާނީ ސްޓެލްކޯއިންނެވެ. ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވުމަށް އެރަށު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ރަށަކީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދު...

އަޙްމަދު ވަހީދު
މިނިމަމް ވޭޖާއެކު ފެނަކައިގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެ

މިނިމަމް ވޭޖާއެކު ފެނަކައިގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެ

މިނިމަމް ވޭޖް ތަންފީޒުކުރަން ފެށުމާއެކު މިދިޔަ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނުގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެއެވެ. އެ ކުންފުނިން ނެރުނު ހިސާބުތައް ދައްކާގޮތުގައި، ޖުމްލަ 3،346 މުވައްޒަފެއްގެ މުސާރައަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މީގެ ތެރޭގައި 495 މަސައްކަތު މީހުންނާއި 1،952 ޓެކްނިކަލް އަދި އޮފިސަރުންނާއި ސުޕަވައިޒާ ލެވެލްގެ 700 މުވައްޒަފުން ހިމެނެއެވެ. އެގޮތުން ކުރިން ބޭސިކް މުސާރައިގެ ގޮތުގައި 2،800ރ. ލިބުނު މުވައްޒަފުންނަށް މި ބަދަލާއެކު 4،650ރ. އަށް ވަނީ އިތުރުވެފައެ...

އަޙްމަދު ވަހީދު
ރަސްމާދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ރަސްމާދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ރ. ރަސްމާދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިދިޔަ ހޮނިހހިރ ދުވަހު ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ 82 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ހާބަރު ޕޭވްމަންޓް ހެދުމުގެ 69 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. […]

އަޙްމަދު ވަހީދު