މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 164 ވަނަ ޞަފްޙާ

އަނގޮޅިތީމު ބަނދަރުގެ މަސައްކަތް ނިމެނީ

އަނގޮޅިތީމު ބަނދަރުގެ މަސައްކަތް ނިމެނީ

ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. އެ ޕްރޮޖެކްޓް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ބޭރުތޮށި ލުމާއި، 166 މީޓަރުގެ ރިވެޓްމެންޓް […]

އަޙްމަދު ވަހީދު
އެސްޓީއޯ ފިޔުލް ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓް ކޮށްފި

އެސްޓީއޯ ފިޔުލް ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓް ކޮށްފި

ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީގައި ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފިއެވެ. ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މިއަދުއެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފޮނުވި ޖެޓްފިއުލް ސާމްޕަލެކެވެ. އެސްޓީއ...

އަޙްމަދު ވަހީދު
ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން އިތުރު ހަތަރު ކުންފުންޏަކަށް ލަައިސަންސް ދީފި

ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން އިތުރު ހަތަރު ކުންފުންޏަކަށް ލަައިސަންސް ދީފި

ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭއިން އިތުރު ހަތަރު ކުންފުންޏަކަށްދީފިއެވެ. މިއަދު އެ ލައިސަންސް އެމްއެމްއޭއިން ދީފައިވަނީ ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް އާއި ޕޭޔާ ޕްރައިވެޓް ލިމިޓެޑް އަދި ފަހި ޕޭ އަށެވެ. ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސްއަށް ދިނީ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ހުއްދައެވެ. އެ ހިދުމަތަކީ މިހާރުވެސް އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދައެއްގެ ދ...

އަޙްމަދު ވަހީދު
އެސްޓީއޯ ނިޕޯން ޕެއިންޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ނިޕޯން ޕެއިންޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާއި ދިމާކޮށްް “ނިޕޯން ރަމަޟާން ބާޒާރު ޕުރޮމޯޝަން” ފަށައިފިއެވެ. އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މިޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ. މިޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 އިންސައްތައާއި ހަމައަށް ޑިސްކ...

އަޙްމަދު ވަހީދު
އުރީދޫ ސުޕަނެޓް ހިދުމަތް ހޮޅުދުއަށް

އުރީދޫ ސުޕަނެޓް ހިދުމަތް ހޮޅުދުއަށް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ހޮޅުދުއަށް ތައާރަފު ކޮށްފިއެވެ. މިއީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫން ދެމުން އަންނަ ހިދުމަތެކެވެ. މި ހިދުމަތަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަ ޚިދުމަތް އެކުލެވޭ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖްތައް ހިމެނޭ ހިދުމަތް ވެސް މެއެވެ. އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެކުންފުނިން ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މުޅި އާބާދީއަށް ފިކްސްޑް […]

އަޙްމަދު ވަހީދު
ބައިނަލްއަގުވާމީ އެވޯޑަކަށް ރާއްޖޭގެ ފްލޯޓިން ސިޓީ ނޮމިނޭޓް ވެއްޖެ

ބައިނަލްއަގުވާމީ އެވޯޑަކަށް ރާއްޖޭގެ ފްލޯޓިން ސިޓީ ނޮމިނޭޓް ވެއްޖެ

ދުނިޔޭގެ ތަރައްގީގެ ދާއިރާގެ “އޮސްކާ” ގޮތުގައި މަޝްހޫރުވެފައިވާ އެމްއައިޕީއައިއެމް އެވޯޑަށް ދިވެހިރާއްޖޭގެ ފްލޯޓިންގް ސިޓީ ޝޯޓްލިސްޓް ވެއްޖެއެވެ. މޯލްޑިވްސް ފްލޯޓިން ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައިވަނީ  ‘ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް’ ކެޓެގަރީއިންނެވެ. އެ ވޯޑަށް މި ޕްރޮޖެކްޓް ނޮމިނޭޓްވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ. މި އެވޯޑު ލިބޭ ޕްރޮޖެކްޓް މާދަމާ އިއުލާން ކުރާނެއެވެ. ފްލޯޓިން ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހ...

އަޙްމަދު ވަހީދު
ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތު ސްކީމް ހައްލުކޮށްފި

ސްޓެލްކޯގެ މުވައްޒަފުންގެ ހެލްތު ސްކީމް ހައްލުކޮށްފި

ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކީމްގެ މައްސަލަ ހައްލުކޮށް އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ހެލްތު އިންޝުއަރެންސްގެ ކަންކަން ހަމަޖައްސައިފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ހެލްތު އިންޝުއަރެންސް ދެނީ އިންހައުސް ސްކީމެއްގެ ދަށުންނެވެ. ނަމަވެސް އެ ސްކީމް ބަދަލު ކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. ސްޓެލްކޯ އިން ބުނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމ...

އަޙްމަދު ވަހީދު
ގުރައިދޫ ބަނދަރުގެ ވޯކްވޭ ބްރިޖް ހަދައި ނިމިއްޖެ

ގުރައިދޫ ބަނދަރުގެ ވޯކްވޭ ބްރިޖް ހަދައި ނިމިއްޖެ

ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 88 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
ވީއައިއޭގައި އިމަޖެންސީ ހަރަކާތެއް، ހަވީރު ބްރިޖުގެ ޓްރެފިކަށް ބަދަލު އަންނާނެ

ވީއައިއޭގައި އިމަޖެންސީ ހަރަކާތެއް، ހަވީރު ބްރިޖުގެ ޓްރެފިކަށް ބަދަލު އަންނާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އާ ރަންވޭގައެވެ. އެ ހަރަކާތުގައި ބޯޓެއްގައި އަލިފާން ރޯވެ، އެ ހާލަތުގައި ކަންކަން ކުރާނެ ގޮތަށް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. އެމްއޭސީއެލުން ބުނީ މިފަދަ ހަރަކާތެއް ބާއްވަނީ އެއާޕޯޓަށް ޖައްސަން ދާ މަތިންދާބޯޓެއް ވެއްޓި ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތެއްގައި އެއާޕޯޓުގެ އިމަޖެންސީ ޓީމުތައް ތައްޔާރުވެފައިވާ ވަރު ދެ...

އަޙްމަދު ވަހީދު
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ސްޓެލްކޯއަށް ޒިޔާރަތް ކޮށްފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ސްޓެލްކޯއަށް ޒިޔާރަތް ކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ސްޓެލްކޯއަށް ޒިޔާރަތް ކޮށްފިއެވެ. އެ ޔުނިވާސިޓީގައި ކިޔަވާ 18 ދަރިވަރަކު ސްޓެލްކޯއަށް ޒިޔާރަތް ކުރީ އިއްޔެއެވެ. އެ ދަރިވަރުން ޒިޔާރަތް ކުރީ ސްޓެލްކޯގެ ހެޑް އޮފީހާއު މާލެ އިންޖީނުގެއަށެވެ. އެ ޒިޔާރަތުގައި އެ ދަރިވަރުންނަށް ސްޓެލްކޯއިން ވަނީ އެ ކުންފުންޏާއި، ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދީފައެވެ. ސްޓެލްކޯއަކީ ހަކަތައިގެ ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏަށްވުމުން އެކުންފުނިން ދޭ ހިދުމަތްތަކަކީ ކިޔަވާ ދަރިވ...

އަޙްމަދު ވަހީދު
ބޮޑު ބަދަލަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިފި

ބޮޑު ބަދަލަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިފި

އެސްޓީއޯ ސުޕަމާޓަށް ބޮޑެތި ބަދަލުތައް ގެނެސް “އެސްޓީއޯ ޕީޕަލްސް ޗޮއިސް” ގެ ނަމުގައި ހުޅުވައިފިއެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި އެ ފިހާރައިގައި މުދާ ވިއްކާ ކުންފުނިތަކުގެ އިސްބޭފުޅުންނެވެ. ކުރިއަށްވުރެ ތިން ގުނަ ޖާގަ ބޮޑު ކޮށް އެ ފިހާރަ ހުޅުވާފައިވާއިރު ރާއްޖޭގެ އަމިއްލަ އަށް ވިޔަފާރިއަކަށް ވަނީ ފުރުސަތު ދީފައެވެ. މީގެ ތެރޭގައި ސިޓީ ބޭކަރީ އާއި […]

އަޙްމަދު ވަހީދު
ހަންޏާމީދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ހަންޏާމީދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއްް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތުގެ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް 13 މާރޗް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]

އަޙްމަދު ވަހީދު
އިންޑިއާގެ އޯޓީއެމް ފެއާގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

އިންޑިއާގެ އޯޓީއެމް ފެއާގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެ ގައުމުގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އެންމެ ބޮޑު އެއް ފެއަރ،  އޯޓީއެމް މުމްބާއީގެ ކަންޓްރީ ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ. އިއްޔެ ފެށި އެ ފެއާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް މުންބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގައެވެ. އެ ފެއާއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފު...

އަޙްމަދު ވަހީދު
ޕޯސްޓް އޮފީހުގެ އެމްޑީއަކަށް ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު

ޕޯސްޓް އޮފީހުގެ އެމްޑީއަކަށް ވެމްކޯގެ އެމްޑީ އާދަމް މުހައްމަދު

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް މުހައްމަދު އައްޔަންކޮށްފިއެވެ. މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޝަފީގު މަގާމުން ވަކިކޮށް، އެ އެކުންފުނީގެ ބޯޑު މެންބަރު ކަމަށް އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް އައްޔަންކޮށްފައިވާ ކަމަށެވެ. އާދަމް މީގެކުރިން ހުންނެވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އެމްޑީގެ މަގާމުގައެވެ. އޭނާގެ ބަދަލުގައި އެ...

އަޙްމަދު ވަހީދު
ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް އާމްދަނީ އިތުރުވެއްޖެ

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 27 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 325 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ 256 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކުރި […]

އަޙްމަދު ވަހީދު