ޕޯޓް ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ ކޯހެއް ބާއްވައިފި
މެރިޓައިމް ޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ، “ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް” ކޯހެއް ބާއްވައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން އެމްޕީއެލް އިން އެ ކޯސް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ކެމްޕަހުގައެވެ. އެއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ކޯހެކެވެ. އެ ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ބައިވެރިވިއެވެ. މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަނޭޝަނަލް ކޮންވެ...