އޮޅުވެލިފުށީގެ އާރުއޯ ޕްލާންޓް ބަހައްޓާ އިމާރާތް ނިންމާލައިފި
ޅ.އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ޤާއިމުކުރާ އާރުއޯ ޕްލާންޓްތައް ބަހައްޓާ އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތަކުގެ ބުޑުއެޅުމުގެ މަސައްކަތެެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. އަދި ފެންއުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާރުރުމަ...