ވެމްކޯއިން ކުނި މެނޭޖް ކުރުމާ ގުޅޭ ތަމްރީނުތަކެއް، ފުރަތަމަ ރައީސް އޮފީހުގެ މުވައްޒަފުންނަށް
ކުނި މެނޭޖުކުރުމާ ގުޅޭ ތަމްރީނުތަކެއް ވޭސްޓް މެނޭޖްމަންޓް ކޯޕރޭޝަން (ވެމްކޯ) އިން ފަށައިފިއެވެ. އެ ކުންފުނިން މި ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމެކެެވެ. މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ބޭއްވީ ރައީސް އޮފީހުގެ މުވައްޒަފުންނަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނުތަކުގައި ވެމްކޯގެ ޓީމުން ވަނީ ގެއިންނާއި ރެސްޓޯރެންޓް ފަދަ ތަންތަނުން އާންމުކޮށް އުކާލާ ކުނި ވަކިކުރާ...