ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
އދ. ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ވަނީ 6،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ބޭރުތޮއްޓަކާއި 276 މީތަރުގެ އެއްގަމު ތޮއްޓެއް ލައިފައެވެ. މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާއިރު ހާބަ ޕޭވްމަންޓް ހެދުމާއި ރޭމްޕް ހެދުމާއި ޖެޓީ ހެދުމާއި މޫރިންގ ބޮއެ ހަރުުކުރުމާއި ބަނދަރު ބައްތި ހަރުކު...