ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލުގައި ބައިވެރިވާން ހުޅުވާލައިފި
އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް) ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކާނިވަލް ބާއްވާނީ އަންނަ މަހުގެ ދޭއްް ވާ ހުކުރު ދުވަހުއެވެ. މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މަސައްކަތްތެރިންގެ ބޮޑު އާބާ...