އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖަޕާނުގެ ފައިނޭންސް މިނިސްޓަރު، ދެ ގައުމުން ގުޅިގެން މާކެޓަށް ނުފޫޒު ފޯރުވިކަން ކަށަވަރުކޮށްދެއްވުމާ ގުޅިގެން، ޖަޕަނީޒް ޔެންއާ އަޅާބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ހޯމަ ދުވަހު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ. ނިމިދިޔަ ހަފްތާގެ ފަހުކޮޅާ ހަމައަށް ޑޮލަރެއްގެ އަގު ހުރީ 163 ޔެންއަށްވުރެ މަތީގައެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޑޮލަރުގެ އަގު ޔެންއާ އަޅާބަލާއިރު އުފުލުނު އެންމެ މަތީ މިންވަރެވެ. ނަމަވެސް، ރެގިއުލޭޓަރުން މާކެޓުގެ ތެރެއަށް ވަދެފައިވާ […]
ނާޒިމާ އަލީ
އުރީދޫ މޯލްޑިވްސްގެ އަަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި 21 ޖީބީގެ ޑޭޓާ ޕެކެއް ހިލޭ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މި ހާއްސަ އޮފާގެ ދަށުން، އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށްވެސް 21 ޖީބީގެ ހިލޭ ޑޭޓާ ޕެކް ކްލެއިމް ކުރުމުގެ ފުރުސަތު މިއަދު، އޮގަސްޓް 1 ވަނަ ދުވަހު ވަނީ ހުޅުވާލެވިފައެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ އުފަންދުވަހުގެ ހަދިޔާއެކެވެ. މި ހިލޭ ޑޭޓާ ޕެކް ހޯދުމަށްޓަކައި ކަސްޓަމަރުން […]
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދެމުންދާތާ 21 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން އޯގަސްޓު މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީޖާދީ އުފެއްދުންތަކާއި ޚާއްޞަ އަހަރީ އޮފަރުތަކެއް އިއުލާނުކޮށްފިއެވެ. ކަސްޓަމަރުންގެ އަގުވަޒަންކުރުމަށާއި ޑިޖިޓަލް ތަޖުރިބާތައް ފުރިހަމަކުރުމަށް ތައާރަފުކުރި މި އޮފަރުތަކުގެ ތެރޭގައި ހިލޭ ޑޭޓާއާއި، އިނާމު ލިބޭ ގުރުއަތުލުންތަކުގެ އިތުރުން ސެކިއުރިޓީ އާ ޚިދުމަތްތައް ހިމެނެއެވެ. އަހަރީ ދުވަހުގެ ހަރާތްތަކުގެ ތެރެއިން އެންމެ ފާހަގަ...
އިބްރާހިމް އަސްވާޤް
މާލޭ ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްގީކުރި ބައިގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަންގެ މަސައްކަތް ފުރިހަމަނުކުރެވޭތީ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިކަން ހާމަކުރީ މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި އެ މަގުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އެމްޓީސީސީން ބުނީ، ސަރުކާރުން ހަވާލުކޮށްގެން ތަރައްގީކުރި ބޮޑުތަކުރުފާނުމަގު އާންމު ދަތުރުފަތުރަށް ހުޅުވ...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ނިޒާމު “ފަވަރަ” އާއި އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް” (ޔޫޕީއައި) ގުޅާލައި، ރާއްޖެއިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭނެ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުން...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޙާރިޘް މުހައްމަދު އިއްޔެ އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 4289، ޙާރިޘް މުޙައްމަދު އައްޔަނުކޮށްފައިވަނީ 28 ޖުލައި 2024 ގައެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަ...
ޔުމްނާ ޢަލީ
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ހަތަރު ރޭ ވަންދެން މެދުކެނޑުމެއް އައުމާ ގުޅިގެން، އޭޝިއާގެ ބާޒާރުގައި މިއަދު ތެލުގެ އަގު ދަށަށް ގޮސްފިއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އެއްވެސް ހަމަލާއެއް ބަދަލުނުކޮށް ފާއިތުވި ހަތަރު ވަނަ ރެއެވެ. މި ވަގުތުގެ ރޭޓްތަކަށް ބަލާއިރު، ޑަބްލިޔުޑީއައި ކްރޫޑް ބަރަަލަކަށް 80.98 ޑޮލަރަށް ވަނީ ތިރިވެފައެވެ. މިއީ 1.97 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު ބްރެންޓް ކްރޫޑްގެ އަގު 1.77 އިންސައްތަ ދަށްވެ، ބަރަަލަކަށް 86.80 ޑޮލަރަށް ވަނީ […]
ނާޒިމާ އަލީ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފާތަކެއް ވަނީ އިއުލާނުކޮށްފައެވެ. މި އޮފާތަކަކީ ކަސްޓަމަރުންނަށް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، މިނިވަން ދުވަހުގެ އުފާވެރިކަން ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހަދިޔާތަކެކެވެ. މިނިވަން 61 ޑޭޓާ ޕެކް މިނިވަން ދުވަހުގެ އެންމެ ހާއްސަ އެއް އޮފާއަކީ “މިނިވަން 61” ޑޭޓާ ޕެކެވެ. މި ޕެކް މެދުވެރިކޮށް އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ 24 […]
އަޙްމަދު ވަހީދު
ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޢަފޫރު (ޔޫސޭ) އެވެ. އެމްޓީސީސީގެ ފަރާތުން ސޮއ...
އަޙްމަދު ވަހީދު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އިންފްރާސްޓަކްޗަރ، ހައުސިން އެންޑް އާބަންޑިވެލޮޕްމެންޓް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު 16:00 އިން ފެށިގެން ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަލަށް ތަރައްގީކޮށްފައި ވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަ...
ޔުމްނާ ޢަލީ
ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން، މާލޭގެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ހާއްސަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެ މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު ހުކުރު ދުވަހު ހުޅުވާލާނެކަމަށް އެ މަޝްރޫޢުގެ ކޮންޓެކްޓަރު އެމްޓީސީން ބުނެފުއެވެ. ބޮޑުތަކުރުފާނު މަގުގައި ގަސް އިންދުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަކީ އެމްޓީސީސީ، އެޗްޑީސީ، ބީއެމްއެލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއަ...
އަޙްމަދު ވަހީދު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތަކާއި ރޯޑް މާކިންގްގެ މަސައްކަތްތައް 100 އިންސައްތަ ނިންމާލެވިފައިވާކަމަށް މި މަޝްރޫޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ. އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ސެގްމަންޓް 2 އަދި 3 ގައި ހިމެނޭ ޕާކިންގް ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތް މިހާރ...
އަޙްމަދު ވަހީދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ ނުވަތަ ފަންނީ މަރާމާތުގެ މަސައްކަތްތައް މި މަހުގެ 21 ވާ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު މިއަދު ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މުހިންމު މަސ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔަކަށް ޅ. ހިންނަވަރު، އަލީ ޝަރީފް ހޮވިއްޖެއެވެ. މިއީ 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ދަށުން މި އިނާމު ލިބުނު ތިންވަނަ ކަސްޓަމަރެވެ. 20 ޑިސެމްބަރު 2025 ގައި ފެށި މި ޕްރޮމޯޝަން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދެ މަހަކުން އެއްފަހަރު […]
އިބްރާހިމް އަސްވާޤް
މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ނިންމާލައި، މަޝްރޫޢުގެ ބޮޑު ކުރިއެރުމެއް ހޯދައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ މަގުގެ ސަބް-ބޭސް މަސައްކަތްތަކާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް 100 އިންސައްތަ ނިންމާލާފައެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ،...
އަޙްމަދު ވަހީދު