Skip to main content

Hussain Shahudhee

Editor
🌐 Network-Wide Bureau
703 Stories
96 Reads

Published on ތިލަދުން (Thiladhun) by Hussain Shahudhee

މޫސުން ގޯސްވާނެ، ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި
Thiladhunmathi News

މޫސުން ގޯސްވާނެ، ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 22:30 އިން ފެށިގެން މިރޭ މެންދަމު 2:30 […]

އަނަސްގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
Raajje

އަނަސްގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

މާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު ހަތް މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި  2017 ވަނަ އަހަރު ގްރޫޕަކުން ގޮސް އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން […]

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު
Raajje

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު

ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ލޯނަށް ކުރިމަތިލާ ދަރިވަރުންކުރެ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ޢިއުލާން ކުރެއްވީ ހޯމަ ދުވަހުގެ ރޭ އޮތް ”އަހާ” ފޯރަމްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރްޔަމް މާރިޔާއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ތިންވަނަ ފޯރަމ...

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް
Raajje

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ. މާލެ ސިޓީ، ވ.ފަޒީލާމަންޒިލް، އަޙުމަދު ޝިފާން ވަނީ ވިލިމާލެ ހޮސްޕިޓަލްގައި ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުން އެދި ރައީސަށް ދަންނަވާފައެވެ. ޝިފާންގެ ވާހަކަ އަޑުއެއްސެވުމަށްފަހު ރައީސް...

މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި
Raajje

މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި

ރޯދަމަހުގެ ފަހުން އިންތިޚާބުތައް ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާހްގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު އިންތިޚާބުގެ އައު ތާރީޚް މިރޭ ޢިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އިންތިޚާބު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް މިއަދު ތަޞްދީޤުކުރެއްވުމާއެކު އީސީން މިރޭ ބުނިގޮތުގައި ދެން 20 ވަނަ މަޖިލީހުގެ […]

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
Raajje

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ. އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ތަޞްދީޤުކުރެއްވީ ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން ނެވެ. ރައީސް މި ބިލު މިއަދު ތަސްދީގުކުރައްވާފައިވާއިރު، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި މިއަދު ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅު...

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް: ސުޕްރީމް ކޯޓް
Parliament

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ […]

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ދެވަނަ ފަހަރަށް ފާސްކޮށްފި
Raajje

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ދެވަނަ ފަހަރަށް ފާސްކޮށްފި

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައި ވަނިކޮށް، މަޖިލީހުން މިއަދު އަނެއްކާ ވެސް އެ ބިލު ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ތަސްދީގުނުރައްވާ އަނބުރާ ފޮނުވައިލެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓ...

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

މަސްވެރިކަމު އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފި

ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހެއްގެ އަތަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މިޔަރެއް ހަމަލާދީފައި ވަނީ، ރ.އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަމު އުޅުނު މީހަކަށެވެ. “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީއެއްގައި ދޮށި އުކައިގެން މަސް ބާނަން އުޅުނު އެ މީހާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ދަތް އޭނާގެ އަތުގައި އަޅައި ވަނީ ޒަޚަމްކޮށްލާފައެވެ. މިޔަރުގެ ހަމަލާގެ ސަބަބުން އެމީހާ ޒަޚަމްވެ ހާލު ދެރަވި […]

ގުޅީފަޅު ހިއްކުން ހުއްޓުވި އަމުރު ފަސްކުރަން ސުޕްރީމް ކޯޓުން އަންގައިފި
News

ގުޅީފަޅު ހިއްކުން ހުއްޓުވި އަމުރު ފަސްކުރަން ސުޕްރީމް ކޯޓުން އަންގައިފި

ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ […]

ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
Raajje

ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކ. ގުޅީފަޅު ހިއްކުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ގުޅީފަޅު ހިއްކަމުން ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށެވެ.  އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. އެޓާނީ ޖެނެރަލް އަހުމަދު […]

މެމްބަރުންގެ އަދަދު ގުނާގޮތަށް ގެނައި އިސްލާހުގެ މައްސަލަ މިމަހު ކޯޓުން ފަށަނީ
Parliament

މެމްބަރުންގެ އަދަދު ގުނާގޮތަށް ގެނައި އިސްލާހުގެ މައްސަލަ މިމަހު ކޯޓުން ފަށަނީ

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ އަޑުއެހުން މި މަހު 25 ވަނަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު […]

''ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު''
Raajje

''ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު''

ޤައުމިއްޔަތު މާއްދާ މުޅި ރާއްޖޭގައި ކިޔަވައިދޭން ފަށާނީ އަންނަ ދިރާސީ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން މާވަށު ސްކޫލުގެ ޕްރިންސިޕަލް، ޒުލައިޚާ ރަފީޢު،  ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސަރުކާރުން ތައާރުފުކުރި ޤައުމިއްޔަތުގެ މާއްދާ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުން އަންނަކަން ފާހަގަކޮށް، ލ. އަތޮޅު ސް...

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފަހިކޮށް ދިނުމަށް ޚާއްޞަ ހަރަކާތެއް
Raajje

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފަހިކޮށް ދިނުމަށް ޚާއްޞަ ހަރަކާތެއް

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހޮކޮށް ދިނުމަށް ޚާއްޞަ ފެސްޓިވަލެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބުރާސްފަތިދުވަހުގެ ރޭ ކުރިއަށް ގެންދެވި ފޭސްބުކް ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން ބައެއް ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްޞަކޮށް ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފ...

ޔާސިރާއި ވަހީދަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ
Thiladhunmathi News

ޔާސިރާއި ވަހީދަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަންފާޅު ކުރި އެ ޕާޓީގެ މެންބަރުންކުރެ އިތުރު ތިން ބޭފުޅަކަށް ޓިކެޓް ކަށަވަރުވެފައިވާކަން އެ ޕާޓީން ޢިއުލާން ކޮށްފިއެވެ. އެމްޑީޕީން ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވައިލި ފުރުޞަތުގައި، ޓިކެޓަށް އެދި މެންބަރުން ކުރިމަތިލާފައިވާ ދާއިރާތަކުންކުރެ، ޕްރަ...