Skip to main content

Hussain Shahudhee

Editor
🌐 Network-Wide Bureau
703 Stories
96 Reads

Published on ތިލަދުން (Thiladhun) by Hussain Shahudhee

ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި
Raajje

ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް، މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމުގެ އިތުރުން، ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރަ...

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތަކާމެދު ސަމާލުވުމަށް އެދިއްޖެ
Raajje

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތަކާމެދު ސަމާލުވުމަށް އެދިއްޖެ

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ‘’ފެންޓަނީލް-ލޭސްޑް ޑްރަގްސް’’ އުފައްދާ އަދި ބައިނަލްއަގްވާމީ ބާޒާރުގައި ދައުރުވުން އިތުރުވެފައި ވާތީ އެކަމާމެދު ރައްޔިތުން ސަމާލުވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެދިއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މަސްތުވާތަކެތީގެ ނުރައްކާތެރި މި ބާވަތް، އާންމު ނަމުންނަމަ ‘’ޗައިނާ ވައިޓް’’ އަކީ ބާރުގަދަ ކެމިކަލްތަކެއް އެކުލެވިގެން އުފައްދާފައިވާ ނުރައްކާތެރި ބާވަތެއްގެ މަސްތުވާއެއްޗެއް ކަމަށެވެ. މި ބާވަތުގެ މަސްތުވ...

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް އޮރެންޖު އިންޒާރު
Raajje

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް އޮރެންޖު އިންޒާރު

ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ  މިއަދު 8:00 އިން 11:00 އަށެވެ. މި ސަމާލުގެ ވަގުތުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި […]

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި
Raajje

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

ބޯކޮށް ވާރޭވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ  މިރޭ 19:30 އިން 22:30 އަށެވެ. މި ސަމާލުގެ ވަގުތުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި […]

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް
Raajje

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އިންތިޚާބު ކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން މިއަދު ނިންމައިފިއެވެ. ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި އަދުރޭ މި މަހުގެ 28 ވަނަ ދުވަހު ފެށޭ 20 ވަނަ މަޖިލިސް ރައީސްކަމަށް އިންތިޚާބުކުރަން ނިންމާފައި ވަނީ ރައީސް ޑރ.މުޢިއްޒު، ޕީއެންސީގެ އިންތިޚާބީ […]

ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ: މެޓް
Raajje

ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވެފައިވާއިރު، މެޓުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު އާންމު ގޮތެއްގައި ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ...

މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި
Raajje

މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ވަނީ  މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް، ރޭ މެންދަމު 12:00 އިން ހެނދުނު 6:00 އާއި ހަމަ އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން މިހާރު މި ސަމާލުގެ ވަގުތު ދަންމާލާފައިވާއިރު، މި ސަމާލުގެ މިހާރުގެ ވަގުތަކީ މިއަދު ހެނދުނު 6:00 އިން […]

މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިއްޖެ
Raajje

މޫސުމަށް ސަމާލުވެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދިއްޖެ

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ. ޤައުމީ ދިފާޢީ ބާރުން މިފަދަ އިލްތިމާސެއްކުރީ، މޫސުމާ ބެހޭ ޤައުމީ އިދާރާ، މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާތީކަމަށް އެ އިދާރާއިން ބުނެފަވެއެވެ. މިގޮތުން ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކު...

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު
Raajje

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު […]

އަނބިމީހާ އާއި ދަރިފުޅަށް އަނިޔާކުރި ފިރިހެނެއްގެ ރުޅި މަޑުކުރަން ކައުންސެލިން ހޯދަން ކޯޓުން އަމުރުކޮށްފި
Raajje

އަނބިމީހާ އާއި ދަރިފުޅަށް އަނިޔާކުރި ފިރިހެނެއްގެ ރުޅި މަޑުކުރަން ކައުންސެލިން ހޯދަން ކޯޓުން އަމުރުކޮށްފި

ދަރިފުޅަށާއި އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ޖަލަށްލުމުގެ އިތުރުން އޭނާގެ ރުޅި މައިތިރި ކުރުމަށްޓަކައި ކައުންސެލިން ހޯދުމަށް އެ މީހާގެ ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ކ. ކާށިދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2020 ވަނަ އަހަރު އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅުގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާއަށް ކުރީ އަތްލުމުގެ ދެ ދައުވާ އެވެ. ދަރިފުޅަށް އަނިޔާކުރި މައްސަލާގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ އެކަމަށް އިންކާރު ކުރިޔަސް, ހެކިންގެ ހެކިބަހުން […]

އާގިލް މަރާލި މައްސަލާގައި ދައުވާލިބުނު އެކަކު ކޯޓުން ސަލާމަތްވެއްޖެ
Raajje

އާގިލް މަރާލި މައްސަލާގައި ދައުވާލިބުނު އެކަކު ކޯޓުން ސަލާމަތްވެއްޖެ

މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާާ އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޮޮއޮގަސްޓް, 2018 ގައި އާގިލް މަރާލި މައްސަލާގައި ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލީ އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.  މިއަދު ހެނދުނު ބޭއްވި ކްެރިމިނަލް ކޯޓުން އޭނާގެ މައްޗަށް […]

ޕޮންޒީ ސްކީމްގެ މައްސަލާގައި އަލްހާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ
Raajje

ޕޮންޒީ ސްކީމްގެ މައްސަލާގައި އަލްހާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަަމާ ފަަށަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ. ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ...

ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދެނީ
Raajje

ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދެނީ

މާލޭގެ ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ކެފޭއެއްގެ ދުންހޮޅިން އެ ކެފޭގެ ބަދިގެތެރެއަށް ދުން ލީކުވެގެން ހަތް މީހަކު އަނބުރައިގަތުމުގެ ހާދިސާއެއް ރޭ ފަތިހުު ވަނީ ހިނގާފައެވެ. އެ ކެފޭއަކީ މާލޭ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެކެވެ. މި ހާދިސާ ހިނގައި، މި ހާދިސާގައި އަނބުރައިގަތް ހަތް މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:50 ހާއ...

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
Raajje

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި އެ ކުންފުނީގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މީހަކު މިއަދު ހެނދުނު މައްކާގައި ވަނީ ނިޔާވެފަވެއެވެ. ނިޔާވެފައި ވަނީ ފަރީދާ އާދަމް، ދަފްތަރު ނަންބަރު ރސ 9079، އެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ މި ހިތާމާގައި މަރުޙޫމާގެ ޢާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހުން މިރޭ ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ، އެ އިދާރާގެ ޑްރަގް އެންފޯސްމަންޓްގެ ފަރާތުން ހުޅުމާލެ ފޭސް 1 ގައި ވަނީ ޑްރަގް އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނެއްގައި އަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހަތް ފިރިހެނުންނާއި އަންހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މި މައްސަލަ […]