ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައި: ލަތީފް
ދިވެހިރާއްްޖޭގެ ސިއްހީ ނިޒާމް މިހާރު އޮތީ ރައްޔިތުންގެ ނުތަނަވަސްކަން އޮތް، ބޭނުމެއްނެތް ތަކުލީފަކަށް ވެފައިވާ ނިޒާމެއްގެ ގޮތުގައިކަމަށް ދިއްދޫދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމ...