''ވަރުގަދަ މީހާއަކީ ރުޅި އަންނަހިނދު ނަފްސު ކޮންޓްރޯލްކުރާ މީހާ''
ރުޅިމަޑުކުރުމުގެ ޖަޒާއަކީ ސުވަރުގެކަން ހަނދާންކޮށްދީ، ރުޅިމަޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ގިނަ ނަސޭހަތްތަކަކާއި ދަރުސްތަކެއް މިއަދުގެ ޚުޠުބާގައި ގެނެސްދީފިއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”ރުޅިމަޑުކުރުން” އެވެ. ޚުޠުބާގައި ތަޤްވާވެރިވެ ތިބުމަށް ނަޞޭޙަތްތެރިވަމުން ބުނެފައި ވަނީ ހާލަތު ރަނގަޅުވުމާއި، ހިތްހަމަޖެހުން ލިބިދިނުމާއި އަދި ދާންއޮތްތަން ރަނގަޅުވުން އޮތީ ތަޤްވާވެރި ވުމުގައި ކަމަށެވެ. الله سبحانه وتعالى ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”އަދި ތިޔަބައި މީހ...