Skip to main content

އައިޝަތު ނަސާޔާ

Viewer
🇲🇻 ތިލަދުން Desk
345 Stories
17 Reads

Published on ތިލަދުން (Thiladhun) by އައިޝަތު ނަސާޔާ

ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގައި އައިސްޕްލާންޓެއް ގާއިމް ކުރަނީ

ކުޅުދުއްފުށި ސިޓީގައި އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް އެސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން އެ ސިޓީގެ މަސްވެރިންނަށް ހާއްސަކޮށް ރޭ ބޭއްވި ޖާފަތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އާތިފް ވިދާޅުވި ގޮތުގައި އެ އައިސްޕްލާންޓް ގާއިމުކުރުމަށް ނިންމާފައި ވަނީ ފެނަކަ ކޯޕޮރޭޝަން އާއި ސިޓީ ކަ...

"ޕްރޮޓްކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަނީ
Raajje

"ޕްރޮޓްކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަނީ

“ޕްރޮޓްކޯލް އެމެންޑިންގް ދަ ޓްރިޕްސް އެގްރީމަންޓް” ދިވެހިރާއްޖެއިން ޤަބޫލުކުރުމަށްޓަކައި، އެ މުއާހަދާއަށް ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއު.ޓީ.އޯ) ގެ “ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސ (ޓްރިޕްސް)” އެއްބަސްވުމަށް ބަދަލު ގެނައުމަށް އެކުލަވާލާފައިވާ މި ޕްރޮޓްކޯލަށް މަޖިލީހުގެ ރުހުން ހޯދަން ހުށައެޅުމަށް ރައީސް ޞާލިޙް ނިންމާފައި ވަނީ ވަޒީރުން...

މި ސަރުކާރުން ވަކި ރަށެއް، ވަކި ފިކުރެއް ތަފާތެއް ނުކުރޭ: އަމީން
Thiladhunmathi News

މި ސަރުކާރުން ވަކި ރަށެއް، ވަކި ފިކުރެއް ތަފާތެއް ނުކުރޭ: އަމީން

މި ސަރުކާރަކީ ވަކި ރަށެއް ވަކި ފިކުރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް އެހީތެރިވެދެއްވާ ސަރުކާރެއް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވެފައި ވަނީ ހެލްތް މިނިސްޓްރީއިން އެރަށަށް ފޮނުވި އެމްބިއުލެންސް މިއަދު އެރަށަށް ލިބުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ދެއްކެވި ވާހަކައިގައެވެ. އަމީން ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެސްދެއްވައި، މަޝްރޫޢުތައް ހިންގުމުގައި ވަކި ރަށެއް، ވަކި ދާއިރާއެއް ތ...

ޅެންވެރިކަމުގެ އޭޝިއާ އެވޯޑް އިއްޒައަށް
Thiladhunmathi News

ޅެންވެރިކަމުގެ އޭޝިއާ އެވޯޑް އިއްޒައަށް

ރުލާ އެވޯޑުން ކުރިއަށް ގެންދާ އޭޝިއާ އެވޯޑްސް ގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑް ދިވެހިރާއްޖޭގެ ޒުވާން އަދި މަޝްހޫރު ޅެންވެރިޔާ ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ)އަށް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިއްޒަ ބުނެފައި ވަނީ މިފަދަ އެވޯޑްއެއް ލިބުމުން ކުރެވެނީ ވަރަށް އުފާވެރި އިހްސާސްއެއް ކަމަށެވެ. އަދި މި އެވޯޑްގެ ސަބަބުން މި ފަންނުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ވެސް އިއްޒަ ފާހަގަ ކުރިއެވެ. […]

ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ތަކާއި ގުޅިގެން ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެކައުންސިލުން ފާހަގަ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ނޮޅިވަރަންފަރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ސިއްޚީ މަރުކަޒަށް ދިމާވެފަ...

މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ
Raajje

މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ

މިދިޔަ ނޮވެމްބަރ މަހު މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ނޭނގުމުގެ ސަބަބުން މި 2 މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ މި އިއުލާނާއިއެކު އެ ދެމީހުން ފެންނަ ވީޑިއޯ ކޮޅެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ. […]

Thiladhunmathi News

ކޭ.އާރު.އެޗް ގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ޚިދުމަތް ތަޢާރަފް ކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރް. އެޗް) އިން ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތް ތައާރަފް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތަކީ އެ ހޮސްޕިޓަލް އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) އާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. އެގޮތުން މި ޓެސްޓް ހެދުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ އެ ހޮސްޕިޓަލުގެ ވެބްސައިޓް http://krh.gov.mv މެދުވެރިކޮށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ވެބްސައިޓް އިން ހުށައަޅަން...

ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް
Thiladhunmathi News

ވައިކަރަދޫގައި މަސްރޭހަކާއި، ކުޑަކުދިންގެ މަސްވެރި ހަވީރަކާއި، ބާބަކިއުއެއް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ވައިކަރަދޫގައި އެކި އުމުރުފުރާ ތަކަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތުން އެރަށު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން މަސްރޭހެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން މަސްވެރި ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމުމަށް ހަމަޖެހިފައިވާއިރު، ރަށުގެ އާއްމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ބާބެކިއު އެއް ބޭއްވުމަށްވެސް ވަނީ ނިންމާފައ...

ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި
Thiladhunmathi News

ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި

ހދ. ވައިކަރަދޫގައި ގާއިމްކުރާ ތުއްކޮއިބޭގެ ހަނދާނީ ބިނާގެ ބިންގާ އަޅައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ މިއަދު މި ބިންގާ އަޅާފައި މިވަނީ “ކޭލަކުނު ތަޅާލި ވިއްސާރަ” އަށް 200 އަހަރު ވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ތުއްކޮއިބޭގެ އާއިލާއަކީ އެ ހާދިސާއަށް ފަހު އެރަށުގެ ދަރިފަސްކޮޅު ވައިކަރަދޫގައި އާބާދު ވެގެންދިޔުމުގެ އަސްލު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވައިކަރަދޫ އަށް އުފަން ދަރިއެއް ކަމަށްވާ އަދި މިހާރު […]

މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް
Thiladhunmathi News

މަސްވެރިންގެ ދުވަހާއި ގުޅިގެން މުރާދޫގައި މަސްރޭހެއް

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގެ މުނާސަބަތުގައި ހއ. މުރާދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މުރާދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މުރާދު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވާ ކަމަކަށެވެ. އެގޮތުން މި މުބާރާތުގައި ބަ...

އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި
Thiladhunmathi News

އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީގެ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް އެސިޓީގެ ކައުންސިލުން ކުރިއަށް ގެންގޮއްސިއެވެ. އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެސިޓީގައި އަންނަ އަހަރު ކުޅިވަރުތައް ރާވާ އިންތިޒާމް ކުރަން ބޭނުންވާ ކްލަބް ޖަމްއިއްޔާ ތަކުގެ ހިޔާލު ވަނީ ހޯދާފައެވެ. އެގޮތުން މިއަންނަ އަހަރަށް ރޭވިފައިވާ ކުޅިވަރުތަކުގެ މައުލޫމާތާއި ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލުންނާއި ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން އެ ކުޅިވަރުތައް ތާވަލ...

ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ...

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް
Raajje

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް

މިފެށޭ 2022 ވަނަ އަހަރުގެ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވާގޮތުން މިއަންނަ އަހަރަށް ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އިތުރު 4 ދުވަހެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ދުވަހަކަށް ކަނޑައަޅުއްވާފައި ވަނީ އަންނަ އަހަރުގެ މޭ 5 ވަނަ ދުވަހެވެ. މޭ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތް ތެރިންގެ ދުވަސްކަމަށްވާތީ އެ...

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި
Raajje

ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި

ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެ...

ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ށ އަތޮޅުގެ 2 ރަށެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. ފުނަދޫ ޕޮލިސް ސްޓޭޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ވަނީ މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އެގޮތުން އެރަށު ސްކޫލްގެ ގްރޭޑް 4، 5 އަދި […]