ރުލާ އެވޯޑުން ކުރިއަށް ގެންދާ އޭޝިއާ އެވޯޑްސް ގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑް ދިވެހިރާއްޖޭގެ ޒުވާން އަދި މަޝްހޫރު ޅެންވެރިޔާ ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ)އަށް ލިބިއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އިއްޒަ ބުނެފައި ވަނީ މިފަދަ އެވޯޑްއެއް ލިބުމުން ކުރެވެނީ ވަރަށް އުފާވެރި އިހްސާސްއެއް ކަމަށެވެ. އަދި މި އެވޯޑްގެ ސަބަބުން މި ފަންނުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ވެސް އިއްޒަ ފާހަގަ ކުރިއެވެ.
އިއްޒަ އިތުރަށް ބުނެފައި ވަނީ މި އެވޯޑް ލިބިފައި ވަނީ މިކަން އިންތިޒާމް ކުރާ ފަރާތްތަކުން އަންގާފައިވާ ވަކި ކޮމިޓީއަކުން ކުރާ އިންޓަވިއު ތަކެއްގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަކި މާކްސް އަކުން ފާސް ވެގެންކަމަށެވެ. އެގޮތުން އޭޝިއާ އެވޯޑްސް ގެ އައުޓްސްޓެޑިން ޕޮއެޓްރީ ރައިޓާގެ އެވޯޑް އިއްޒާ ހާސިލް ކޮށްފައި ވަނީ 1000 ޕޮއިންޓްގެ ތެރެއިން 700 އަށް ވުރެ މަތިން މާކްސް ލިބިގެންނެވެ.
މިއަހަރުގެ ޒުވާނުން ގެ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އެވޯޑް ވެސް ހާސިލް ކޮށްފައިވާ އިއްޒަ ބުނެފައިވާ ގޮތުގައި އޭނާ އަކީ އަބަދުވެސް ޅެންވެރިކަމަށް ވަރަށް ލޯބި ކުރާ ފަރާތެކެެވެ. އަދި އެ ފަންނު އެހެން މީހުންނަށާއި ކުދިންނަށް ދަސްކޮށްދިނުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް އިއްޒަ ދަނީ ކުރަމުންނެވެ.
ޔޫތު އެވޯޑް 2021: ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، މަކުނުދޫ އިއްޒަތު އަހުމަދަށް
އިއްޒަ ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ޅެންވެރިކަމަށް އެންމެ އެކަށީގެންވާ ތަރުހީބެއް ނުލިބެއެވެ. ނަމަވެސް މި ފަންނަކީ އުވިގެން ދިޔަ ނުދީ ދިރުވަން ޖެހޭ ފަންނެއް ކަމަށާއި އެދާއިރާގައި ވީހާވެސް ގިނަ ޒުވާނުން މަސައްކަތް ކުރުމަކީ ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިއްޒާ ފާހަގަ ކޮށްފައިވެއެވެ.
"އުއްމީދަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުން މި ފަންނުގައި ފެނިގެން ދިއުން" އިއްޒާ ބުނެފައިވެއެވެ.
އަދަބީ ހުނަރުވެރިކަމުގެ ތެރެއިން އިއްޒަ އެންމެ ފާހަގަވަނީ ޅެންވެރިކަމުގެ ހުނަރުވެރިކަމުގެ ރޮނގުންކަމަށްވީއިރު، ސްކޫލް ދައުރުގައި އެތައް މުދައްރިސުންނެއްގެ ފުށުން ފަހިވެގެންއައި އަދަބީ އެކި ފުރުސަތުތަކުގެ ތެރެއިން، މި މަސައްކަތުގައި މިއަދާއި ހަމައަށް ދެގޮތެއްނުވެ ދިވެހި ބަހާއި ސަގާފަތަށް ޚިދުމަތްކުރުމުގައި އިއްޒަ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!