Skip to main content

އައިޝަތު ނަސާޔާ

Viewer
🇲🇻 ތިލަދުން Desk
345 Stories
17 Reads

Published on ތިލަދުން (Thiladhun) by އައިޝަތު ނަސާޔާ

މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިންގެ ފޯރަމެއް ބާއްވަނީ
Raajje

މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިންގެ ފޯރަމެއް ބާއްވަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. އެ މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކ. ގާފަރުގަ އެވެ. މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި މަސްވެރިކަމުގެ އުޅަނދު ފަހަރަށް އަންނަމުންދާ ބަދަލު ތަކުގެ އިތުރުން 5 ވަނަ ޖެނަރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ...

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި މަސްރޭހެއް
Thiladhunmathi News

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން މަކުނުދޫގައި މަސްރޭހެއް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. މަކުނުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާ އަށް ފޯމް ހުށައަޅަން ޖެހެއެވެ. މި މަހުގެ...

ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ނޮޅިވަރަންފަރު ކައުންސިލް ކަޕް 2021” ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ. އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބުރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ދެޑިވިޝަންއަކަށް ބަހާލެވިގެން ކަމަށެވެ. ކޮންމެ ޑިވިޝަންއަކުން (އަންހެން/ ފިރިހެން) މަދުވެގެން 3 ޓީމް ބައިވެރިވާން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފ...

ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި
Thiladhunmathi News

ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫގައި 20 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަށް އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެރަށުގެ ކުންފުންޏެއް ކަމަށްވާ އީ.އޭ.ފައިވް އިންވެސްޓްމެންޓާއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވީ މި ކަމަށް ބިން ހަވާލުކުރީ 25 އަހަރު ދުވަހަށް ކަމަށެވެ. އަދި މި އެއްބަސްވުމުގައި އީ.އޭ.ފައިވް ގެ ފަރާތުން ސޮއިކޮށްފައިވަނީ  އީސާ އިސްމާއިލް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމ...

ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ
Thiladhunmathi News

ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ކެލާ ކައުންސިލުން ވިއްކަނީ

ހއ. ކެލާ ކަނޑޫ ފަލުން ކަނޑޫ ހޮވުން މަނާކޮށް، މަރުވެ ހިކިފައިވާ ކަނޑޫގަސްތައް ވިއްކުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެރަށު ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫ ގަސްތައް ނަގާ އަލުން ކަނޑޫ ގަސްތައް އިންދުމަށްޓަކައި މިހާރު ހުރި ހިކި ކަނޑޫގަސްތައް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ކަނޑޫ ގަސްތައް ވިއްކުމަށް ނިންމާފައިވަނީ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ “ކަނޑޫފާތަ...

ލިޔުންތެރިންގެ ޖަމުއްޔާގެ، ޅެން ހެދުމުގެ މުބާރާތް އަލުން ފަށަނީ
Raajje

ލިޔުންތެރިންގެ ޖަމުއްޔާގެ، ޅެން ހެދުމުގެ މުބާރާތް އަލުން ފަށަނީ

ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމުއްޔާ އިން ކުރިއަށް ގެންދިޔަ ޅެންހެދުމުގެ މުބާރާތް، އަލުން ފެށުމަށް ނިންމައިފި އެވެ. އެ ޖަމުއްޔާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިމުބާރާތް އަލުން ފަށަނީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ. މި މުބާރާތް އަލުން ފެށިގެން ދާއިރު ކުރީ 2 އަހަރާއި ޚިލާފަށް މިއަހަރު ވަަނަ ތަކަށް ދާ ފަރާތްތަކެއް ލިބިގެންދާ އިނާމު ބޮޑު ވާނެ ކަމަށް އެ ޖަމުއްޔާ އިން ވަނީ […]

މަސްވެރިންގެ ދުވަހާއި ގުޅިގެން ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދަނީ
Thiladhunmathi News

މަސްވެރިންގެ ދުވަހާއި ގުޅިގެން ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދަނީ

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހާއި ގުޅިގެން ހދ. ނެއްލައިދޫގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވާ ހުށައެޅުމަށް ނެއްލައިދޫ ކައުންސިލުން ވަނީ އ...

ނެއްލައިދޫގެ މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލުގެ އެންގުމެއް
Thiladhunmathi News

ނެއްލައިދޫގެ މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލުގެ އެންގުމެއް

ހދ. ނެއްލައިދޫގެ ބައެއް ފަރާތްތަކުން އެރަށު މަގުތައް މަތީ ޓިނާއި، ވެއްޔާއި ގައު ފަދަ ތަކެތި ބަހައްޓަމުން ދާތީ އެގޮތަށް އެކަން ނުކުރުމަށް ނެއްލައިދޫ ކައުންސިލުން އަންގައިފިއެވެ. އެރަށު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެރަށުގެ މަގުތައް މަތީ ތަކެތި ބަހައްޓަމުންދާ ކަމުގެ ޝަކުވާ އާއްމު ފަރާތްތަކުން ދަނީ އެ ކައުންސިލުންނަށް ހުށައަޅަމުންނެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކުގެ މަގުމަތީގައި ގަލާއި ވެއްޔާއި ޓިނާއި ލަކުޑި ފަދަ ތަކެތި ބަހައްޓަމުންދާ ކަމަށް އެފަރާތްތ...

ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފި
Thiladhunmathi News

ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފި

ހއ. ފިއްލަދޫގައި ގެވެށި އަނިޔާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ފަށައިފިއެވެ. ފިއްލަދޫ ސްކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް އެރަށުގައި ކުރިއަށްގެންދާ މި ސެޝަންތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ގެ ފަރާތުން ކުރިއަށްގެންދާ ސެޝަންތަކެކެވެ. އެގޮތުން މި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މި ސެޝަންތައް މާދަމާއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ސެޝަން...

މިލަންދޫ ގައި އޭ ޒޯން ލައިސެންސް ގެ ޚިދުމަތް ދޭން ފަށަނީ
Thiladhunmathi News

މިލަންދޫ ގައި އޭ ޒޯން ލައިސެންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫއިން އޭ ޒޯން ލައިސެންސްގެ ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ އެރަށުގައި އޭ ޒޯން ލައިސެންސް ޚިދުމަތް ދޭން ނިންމާފައި މިވަނީ ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް އަވަސް އަދި ފަސޭހަ ކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން މި ޚިދުމަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން ޓްރެކްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. […]

ކެލާގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފި
Thiladhunmathi News

ކެލާގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފި

ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (އެމްއޭސީސީއެސް) ގުޅިގެން އެރަށުގައި ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހައްވާ ފަޒުނާ ވިދާޅުވީ މި ކޯހަކީ އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އެގޮތުން މި ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު ފަށާފައިވާ މި ކޯހަކީ 5 ދުވަހުގެ މުއްދަތަކަށް […]

މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް
Thiladhunmathi News

މަކުނުދޫ ސްކޫލާއި، ނޮޅިވަރަމް ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ހދ. މަކުނުދޫ ސްކޫލާއި، އެ އަތޮޅު ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައެވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެ މަތީން ރަޖިސްޓްރީ ވެފައިވާ ފަރާތްތަށްކަށެވެ. މަކުނުދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އިމާރާތް ކުރުމަށް ބީލަމަށް ކުރިމަތިލާ ފަރާ...

ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި
Thiladhunmathi News

ބިލެތްފަހީގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެފިއެވެ. ޖުމްލަ 30 ބައިވެރިންނާއި އެކު މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދާފައިވަނީ އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި އެގޮތުގެ […]

ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި
Thiladhunmathi News

ބާރަށު ސްކޫލް ޕްރިސްޕަލްގެ ސައިކަލުގައި ރޯކޮށްލުން ކައުންސިލުން ކުށްވެރިކޮށްފި

ހއ. ބާރަށު ސްކޫލްގެ ޕްރިންސިޕަލްގެ ސައިކަލު ރޯކޮށްލާފައިވާތީ އެ މައްސަލަ އެރަށު ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ސައިކަލު ރޯ ކޮށްލާފައި މިވަނީ މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި މިކަން ކުރި ބަޔަކު ކޮށްފައިވަނީ ޕްރިންސިޕަލް ދިރިއުޅުއްވާ ގެ ކަމަށްވާ މީޒާންގޭގެ ގޯތި ތެރޭގައި ސައިކަލް ބަހައްޓާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބާރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލު ރޯކޮށްލުމުގެ އިތުރުން އެގެއަށް ވެސް […]

އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ
Thiladhunmathi News

އުތީމު "ވިންގާސް"އިން ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބާއްވަނީ

ހއ. އުތީމުގެ އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ “ވިންގާސް”އިން އިންތިޒާމް ކޮށްގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މިއަންނަ ޑިސެމްބަރ މަހުގެ 15 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިންގާސް ގެ މެމްބަރެއް ކަމަށްވާ މުޙައްމަދު ބަސީރު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ މަހުގެ 1 އިން 10 ވަނަ ދުވަހާއި […]