ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމްޢިއްޔާގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ހއ. ދިއްދޫ އަމިއްލަ ޖަމްޢިއްޔާ އެއް ކަމަށްވާ “ދިއްދޫ އެކުވެރިކަމުގެ ޗޭނު” ޖަމްއިއްޔާއިން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޤުރުއާން މުބާރަތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ޗޭނު ޖަމްޢިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޖަމްޢިއްޔާގެ 09 ވަނަ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޖަމްޢިއްޔާގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމު...