ހެޔޮއެދޭ ފަރާތަކުން، ހދ. ކުމުންދޫ އަންވާރު މިސްކިތަށް 4 އޭސީ ހަދިޔާކޮށްފި އެވެ.
އެރަށުގެ މަސްޖިދުލް އަންވާރު މިސްކިތައް މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހދ. ކުމުންދޫ ވިޔަފާރިވެރިއެއް ކަމަށްވާ އަކަސޭލް އާމިރު މުޙައްމަދު އެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާމިރު ވަނީ 24000 ބީޓީޔޫގެ 4 އޭސީ އެ މިސްކިތަށް ހަދިޔާ ކޮށްފައި ކަމަށެވެ.
އަދި ރަށުގެ ވިޔަފާރި ވެރިން އެފަދަ ކަންކަމުގައި އެހީވުމަކީ ކައުންސިލުން އެކަމާއި ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި އާމިރުގެ ވިޔަފާރީގައި ބަރަކާތް ލެެއްވުމަށް އެދޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ކުމުންދޫއަކީ އާބާދީގައި 1470 ރައްޔިތުން ދިރިއުޅޭ ރަށަކަށް ވާއިރު އެރަށުގައި ޖުމްލަ 2 މިސްކިތް ގާއިމް ކުރެވިފައި ވެއެވެ.
އެއީ މަސްޖިދުލް އަންވާރު އަދި މަސްޖިދުލް ފިރްދައުސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!