ކުޅުދުއްފުށި ސިޓީއިން އިތުރު 2 މީހަކު ޕޮޒިޓިވްވެ އަދަދު 11 އަށް
ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 11 އަށް އެރީއެވެ. މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި 2 މީހުންނެވެ. މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވް...