Skip to main content

އައިޝަތު އިލްމާ އަދުނާން

Viewer
🇲🇻 ތިލަދުން Desk
68 Stories
2 Reads

Published on ތިލަދުން (Thiladhun) by އައިޝަތު އިލްމާ އަދުނާން

މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ

ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ. މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިނ...

އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހުގައި އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ނަވުރުމާ” ޕްރޮގްރާމް ނިންމާލައިފިއެެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނަވުރުމާގެ ފަހު އެޕިސޯޑްގެ ގުރުލުން އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެޕިސޯޑުގައި ފިތުރު އީދު ދުވަހަށް ހާއްސަކޮށް ހުޅުވައިލި 3 ސުވާލަށް ނުވަތަ މަސައްކަތް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނަސިީބުވެރި 3 ފަރާތެއްވަނީ ގުރުއަތުން ނަގައިފައެވެ. ނަވުރުމާ ޕްރޮގާރާމަކީ “ގިވްއަވޭ” ޕްރޮގްރ...

ކޮމަންޑޫ މަސްވެރިންގެ ޖަމިއްޔާގެ އެހީއާއިއެކު ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް އަޅަނީ
Thiladhunmathi News

ކޮމަންޑޫ މަސްވެރިންގެ ޖަމިއްޔާގެ އެހީއާއިއެކު ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް އަޅަނީ

ށ. ކޮމަންޑޫ، މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާގެ އެހީތެރިކަމާއެކު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅުގެ ތައުލީމީ މަރުކަޒުގައި އެރަށުގެ “މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާ”ގެ އެހީތެރިކަމާއެކު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 100 ފޫޓާއި 50 ފޫޓް ޓާފް ފުޓުސަލް ދަނޑެއްކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން “ތިލަދުން”އަށް ވިދާޅުވިއެވެ. މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާއިން މިހާރު ވަނީ މި ދަނޑު އެޅުމަށް ބޭނުންވ...

ވަށަފަރުގައި ހިނގާލުމަކާއި، ކުޑަކުދިންގެ ހަވީރެއް ބާއްވައި ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް
Thiladhunmathi News

ވަށަފަރުގައި ހިނގާލުމަކާއި، ކުޑަކުދިންގެ ހަވީރެއް ބާއްވައި ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް

އިޒްރޭލްގެ ހައްދުފަހަނާއަޅާފައި އަމަލުތަކުގެ ސަބަބުން ހައްގުތައް ގެއްލި، ދަތިހާލުގައި އުޅެމުންދާ ފަލަސްތީންގެ ރައްޔިތުންނށް އެހީވުމަށްޓަކައި ހއ. ވަށަފަރުގެ ޒުވާނުން އިސްނަގައިގެން ފައިސާ ހޯދުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައި، އިތުރު އިތުރު ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ. މިގޮތުން އިއްޔެ ވަށަފަަރުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު، މިދިޔަ އަންގާރަ ދުވަހު ވަށަފަރުގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އަޑުއުފުލައި ހިނގާލުމެއް ބާއްވާފައެވެ. މި...

ދިއްދޫގައި އަޅައިފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަަށް ދަންމާލައިފި
News

ދިއްދޫގައި އަޅައިފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަަށް ދަންމާލައިފި

ހއ. ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެ، ރަށުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައި ނުވާތީ، ފިޔަވަޅުތައް އިތުރު 1 ހަފްތާއަށް އިތުރުކުރުމަށް ހދ.ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ކާފިއުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދަމު 12:00އާއި ހަމައަށެވެ. ދިއްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު...

ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއާއިއެކު އެސިޓީ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނުނީ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 21 އިން 22 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 64 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ކަމަށެވެ. ޕޮޒިޓިވްވެފަިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ސާމްޕަލް ނެގި ފަރާތެއް ކަމަށް […]

ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް
Thiladhunmathi News

ފަލަސްތީނަށް އެހީވުމުގެ ގޮތުން ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް

ފަލްސްތީނު ރައްޔިތުނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހދ.ނެއްލައިދޫގެ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ހދ.ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. މިހަރަކާތް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނެއްލައިދޫގެ ގޭގެއަށް ފަންޑުފޮށި ހިފައިގެން ޒިޔާރަތްކޮށް ޖުމްލަ 35،700 ރުފިޔާ އާއި 118 ޑޮލަރު އިއްޔެގެ ހަރަކާތުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ. މިމަހުގެ 29 ވަނަ ދުވަ...

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މަކުނުދޫ "އެމްވައިއެމް"އިން ހާއްސަ ހަރަކާތްތެއް ފަށައިފި
Thiladhunmathi News

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މަކުނުދޫ "އެމްވައިއެމް"އިން ހާއްސަ ހަރަކާތްތެއް ފަށައިފި

ހދ. މަކުނުދޫގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށްދިނުމުގެ ގޮތުން “މަކުނުދޫ ފަލަސްތީނާއެކު” ނަމުގައި ހާއްސަ ހަރަކާތްތަކެއް، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިންތިޒާމްކޮށްގެން އެރަށުގައި ފަށައިފިއެވެ. މިގޮތުން މިއަދު ހަވީރު ވަނީ މަކުނުދޫގެ މުޅި ރައްޔިތުން ޝާމިލްވާ ސައިކަލް ބުރަކާއެކު ހިނގާލުމެއް އެރަށުގައި ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި އެރަށުގެ ވަރަށް ގިނަ ކުދި ބޮޑު ރައްޔިތުން ބައިވެރިވިއެވެ. އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތ...

އުތުރުގެ 7 ރަށަކުން އިޒްްރޭލްގެ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް ބަޔާންނެރެފި
Thiladhunmathi News

އުތުރުގެ 7 ރަށަކުން އިޒްްރޭލްގެ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް ބަޔާންނެރެފި

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ އުދުވަނީ ހަމަލާތައް ކުށްވެރިކޮށް އުތުރުގެ 7 ރަށަކުން ނޫސްބަޔާން ނެރެފިއެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ހއ.އުތީމު، ށ.ބިލެއްފަހި، ށ.ގޮއިދޫ، ށ.މާއުނގޫދޫ، ށ.ކަނޑިތީމު، ހއ.ކެލާ، އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ. ކައުންސިލްތަކުން ނެރުނު ބަޔާނުގައި، ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތް...

ނަރުދޫ އާއި ކުމުންދޫން ވެސް ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރެފި
Thiladhunmathi News

ނަރުދޫ އާއި ކުމުންދޫން ވެސް ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރެފި

އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ނުރައްކާތެރި، ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހދ.ކުމުންދޫ ކައުންސިލުންނާއި ށ.ނަރުދޫ ކައުންސިލުން ވެސް ބަޔާން ނެރެފިއެވެ. މުޅި އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުނާއި މަސްޖިދުލް އަޤްޞާ ދިފާއުގައި ތެދުވުމަށް ދެ ކައުންސިލްގެ ބަޔާންގައި ގޮވާލައިފައިވެއެވެ. އަދި،  ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތްތަަކުން މަހުރޫމްވެފައިވާއިރު އިޒްރޭލްގެ ހަމަލާތައް ބައިނަލްއަގްވާމީ ފެ...

މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި
Thiladhunmathi News

މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި

ހއ. މާފަހިން ހއ. ދިއްދޫ ކައުންސިލަށް ދޮންކޭލާއި ފަޅޯ ހަދިޔާކޮށްފިއެވެ. ހއ.ދިއްދޫގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ ރަށުގެ ގިނަ އަދަދެއްގެ ގޭތަކެއްވަނީ ކަރަންޓީނުކުރެވިފައެެވެ. ޖުމްލަ 111 ފަރާތެއް ދިއްދޫއިން ޕޮޒިޓްވްވެފައިވާއިރު ކޯވިޑް ޖެހިގެން އެރަށުން މީހަކުވެސްވަނީ ނިޔާވެފައެވެ. ދިއްދޫއަށް ކުރިމަތިވެފައިވާ މިފަދަ ހައްސާސްް ދަނޑިވަޅެއްގައި ރަށުގެ އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ފަރާތުން އެކިއެކި އެހީތައް ކަަރަންޓީނުކޮށްފައިވާ ގެތަކަށްދަނީ ފޯރުކޮށްދެމުންނެވެ. ހއ. މާފައްސަކީ ޞަލާހް ޝިހާ...

މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ

ހދ.މަކުނުދުއިން 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ. 2021 މެއި 04 ވަނަ ދުވަހު ފެށިގެން ހޯމް ކަރަންޓީނުގައި ހުރި 3 ފަރާތަކާއި 2021 މެއި 08 ދުވަހު އައިސޮލޭޓްކުރެވިފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރެއެެވެ. އެގޮތުން، ޕޮޒިޓްވެފައިވާ މިމީހުންނާއި ބައްދަލުވެފައިވާނަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އެދެއެވެ. އަދި، މިމުއްދަތުގެތެރޭގައި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނ...

އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ދައުލަތުން އަޑުއުފުލަދީ: ވައިކަރަދޫ ކައުންސިލް
Thiladhunmathi News

އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ދައުލަތުން އަޑުއުފުލަދީ: ވައިކަރަދޫ ކައުންސިލް

އިޒްރޭލުން ހިންގާ ޢުދުވާނީ ޖަރީމާތައް ހުޓާލުމަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޑުއުފުލާދިނުމަށް ދިވެހި ދައުލަތަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވާލައިފި އެވެ. އެކައުންސިލުން މިހެން ގޮވާލާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ރަމަޟާންމަހާ ދިމާކޮށް އިޒްރޭލްގެ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވ...

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް
Thiladhunmathi News

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް

ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގ...

އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި
News

އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި

ޒަޔަނިސްޓް އިޒްރޭލްއިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނައެޅި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުން ބިންފޭރިގަތުމަށް އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލުގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ރައްޔިތުންގެ ނަމުގައި ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެ...