ބޮޑު ޗުއްޓީއާއި ދިމާކޮށް އިމަގުގެ ހަރަކާތްތައް މެކުހަށް
ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލު ބަންދާ ދިމާކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިންތިޒާމްކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފިއެވެ. ޖުމްލަ 8 ހަރަކާތެއް ސްކޫލް ބަންދާ ދިމާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިމަގުގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހުމަދު ވިދާޅުވިއެވެ. އެގޮތުން، “މިންނަތް” ޕްރޮގްރާމަކީ ކީ ސްޓޭޖް1 ގެ ދަރިވަރުންނަށް ހާއްސަކޮށް ގޭގައި ގަސް އިންދާ ބެލެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް...