ކަނޑިތީމުން އިތުރު 22 މީހަކުއަށް ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ.
އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 95 އަރާފައެވެ.
ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު މިހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 2:00އާއި ހަމައަށް އެރަށުން 895 ސާމްޕަލެއްވަނީ ނަގައިފައެވެ.
އެންމެފަހުން ނެގި 81 ސާމްޕަލްގެ ތެރެއިން 58 ސާމަޕްލް ނެގަޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ އެއް ސާމްޕަލްވެއެވެ.
ކަނޑިތީމުގައި މިވަގުތު 289 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 828 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. އެރަށުން ޖުމްލަ 107 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވެފައިވަނީ 12 މީހުންނެވެ.
މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން ކަނޑިތީމު އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!