ކައުންސިލަރުންގެ މާލީ ބަޔާން މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކަށް ހުށަހެޅުމަށް އަންގައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލަށް ހިންގުމުގެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސުން އަދި ކައުންސިލަށް އިންތިހާބުވި މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރެޓީ (އެލްޖީއޭ) އިން މިހާރުވަނީ އަންގާފަ އެވެ.

Ad
rt

އެލްޖީއޭގެ އިއުލާންގައިވާ ގޮތުން، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިހާބުވުމާއެކު އެމެންބަރެއްގެ ފައިސާއާއި ވިޔަފާރީގެ މައުލޫމާތު އަދި އެކައުންސިލަރެއްގެ އާމްދަނީ އާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާ ބެހޭ މައުލޫމާތު ލިޔުމަކުން ކައުންސިލް އިދާރާއަށް މިމަހުގެ 27 ވަނަަ ދުވަހުގެ ކުރިން ހުށަހެޅުމަށް އަންގާފައިވެއެވެ. އަދި، ލިޔުމުގެ ކޮޕީ މިމަހުގެ 31ގެ ކުރިން އެލްޖީއޭއަށް ފޮނުވުމަށް ވެސް އެދިފައިވެއެވެ.

ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަގާމަށް އަހުލުވެރިކުރުމުގެ ގޮތުން މިމަހުގެ 23 ން 27 ގެ ނިޔަލަށް އެލްޖީއޭފެ ފަރާތުން ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ.

4 ވަނަ ދައުރުގެ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންވަނީ މިމަހުގެ 17 ވަނަ ދުވަހު ހުވާކޮށްފައެވެ.