ފައިސާ ޗާޕްކުރަންދީފައިވާ ހުއްދަ އިތުރަށް ދައްމާލަން އެދިއްޖެ
ޕަބްލިކް އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައިވާ ހުއްދަ 1 އަހަރު ދުވަހަށް އިތުރު ކުރުމަށްއެދި ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިގޮތަށް އެދި ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ފޮނުވައިފާ ސިޓީގައި ބުނެފައި ވަނީ، ކޯވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ، ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުނ...