އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ނުރައްކާތެރި، ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހދ.ކުމުންދޫ ކައުންސިލުންނާއި ށ.ނަރުދޫ ކައުންސިލުން ވެސް ބަޔާން ނެރެފިއެވެ.
މުޅި އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުނާއި މަސްޖިދުލް އަޤްޞާ ދިފާއުގައި ތެދުވުމަށް ދެ ކައުންސިލްގެ ބަޔާންގައި ގޮވާލައިފައިވެއެވެ. އަދި، ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތްތަަކުން މަހުރޫމްވެފައިވާއިރު އިޒްރޭލްގެ ހަމަލާތައް ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ވެސް ގޮވާލައިފައިވެއެވެ.
ދިވެހިން ފަލަސްްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން މިއަދު ހަވީރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން އަދި އިޒްރޭލްގެ ހަމަލާތަކާ ދެކޮޅަށް ދިވެހީން ވަނީ އަޑުއުފުލާފައެވެ.
ދިވެހިރާއްޖޭގެ ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްްމަދު ޞާލިހު ވެސް ވަނީ ދިވެހީން ތިބީ ފަލަސްތީނާއެކުކަމަށް ވިދާޅުވެ، މި ހަރަކާތުގައި ބައިވެރިވެފައެވެ. އަދި، އިޒްރޭލެގެ އުފެއްދުންތައް ރާއްޖެ ބޮއިކޮޓްކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރީ ވަނީ ހާމަކޮށްފައެވެ.
ދިވެހީންގެ ފަރާތުން ފަލަސްތީނުގެ 2100 އާއިލާއަކަށް ކާބޯތަކެއްޗާއި 300 މީހަކަށް ހޮޓްމީލްސް އަދި 1500 އާއިލާއަކަށް ކުއްލި އެހީ ފޯރުކޮށްދެވިފައިވާކަމަށް އިންޓަނޭޝަނަލް އެއިޑް ކޭމްޕް، އައިއޭސީ އިންވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!