ވިތުރި ނަމާދު ކުރުން ސުންނަތުން ޘާބިތުވާ ގޮތްތައް (2)
(ފުރަތަމަ ބައި ކިޔާލެއްވުމަށް މިތަނަށް ފިތާލައްވާ) ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރުން: ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރާއިރު ވިތުރި ކުރާނީ ތިން ރަކުޢަތުން ވިތުރި ކުރެވޭ ފުރަތަމަ ގޮތުގައި ބުނެވިދިޔަ ފަދައިން ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި ފަސް ރަކުޢަތް ނުވަތަ ހަތް ރަކުޢަތް ކޮށްގެންނެވެ. ފަހެ މިގޮތަށް ވިތުރި ކުރެވިދާނެކަމުގެ ދަލީލަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަމަނާ […]