މައްސަލަ މަދު މުޖުތަމަޢަކަށް، އަބަދުވެސް ހިތުގައި ބަހައްޓަންވީ 3 ކަމެއް
އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވެއެވެ. ޤިޔާމަތްދުވަހުން އެންމެފުރަތަމަ އެމީހަކާ މެދު ޤަޟާ ކުރެވޭނީ ޝަހީދަކާ މެދުއެވެ. (މީނާއަކީ އޭނާގެ ޒުވާން ދުވަސްވަރު ކެރިގެން ދުޝްމަނުންނާ ކުރިމަތިލައި ހަނގުރާމަކޮށް ޝަހީދު ވެގެން ދިޔަ މީހެކެވެ.) އޭނާ ހާޒިރު ކުރެވި، ﷲ، އޭނާއަށް ދެއްވި ނިޢުމަތްތައް އޭނާއަށް އަންގަވައިދެއްވުމަށްފަހު، އެނިޢުމަތްތަކާއެކު އޭނާ ޢަމަލުކުރީ ކިހިނަކުންތޯ އޭނާއާ ސުވާލުކުރެވޭނެއެވެ. އެހިނދު މުޖާހިދު ބުނާނެތެވެ. “އަހަރެން އިބަ ﷲގެ މަގުގައި ޖިހާދު ކޮށް އެންމެފަހުން ޝަހީދުވީއެވެ.” ދެން...