ބިލިޔަން ޑޮލަރުގެ ސުވާލެއް!
ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ޝެޑިއުލާ އެއްކޮށް އުޅެ، ދުވަސް އެއްކޮށް ވެއަތުކޮށް ނިންމައި، އެންމެފަހުން ރޭގަނޑުގެ ނިދި ލިބިގަތުމަށް އެނދުގައި އޮށޯތުމާއެކު، ނިދުމުގެ ކުރިން ތިމާގެ ނަފުސު ހިސާބުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ޙަޔާތުގައި ރަނގަޅަށް ކުރެވޭ ކަންކަން ކުރުން މަތީ ދެމިހުރުމަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ކުރުމަށް އަދި ނުރަނގަޅުކޮށް ކުރެވޭ ކަންކަން ކުރުން ހުއްޓާލައި އިސްލާޙުކުރުމަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެކެވެ. ވިސްނާލާ ސުވާލު ކޮށްލާށެވެ. މިއަދު ފަތިސްނަމާދަށް ހޭލެވު...