ސުވާލު: ސުތުރާއަކާ ނުލާ ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސް ކުރެވޭނީ ކިހާ ހިސާބަކުން؟
ނަމާދު ކުރަން ހުންނަ މީހެއްގެ ކުރިމަތިން ހުރަސްކޮށްފައި ދިއުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ. އަދި ކިއެއްތަ އެެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. ” لو يعلم المار بين يدي المصلي ماذا عليه لكان أن يقف أربعين خيرا له من أن يمر بين يديه ” . قال أبو النضر – وهو أحد الرواة […]