Skip to main content

މުޙައްމަދު މާއިލް ހަސަން

Viewer
🇲🇻 ތިލަދުން Desk
160 Stories
14 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު މާއިލް ހަސަން

ދިއްދޫގެ ބިމުގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ދިއްދޫގެ ބިމުގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫގައި ޢިމާރާތް ކޮށް ނިމިފައިވާ250 ހައުސިންގް ޔުނިޓު ރަޖިސްޓްރީ ހެދުމާއި، ބިމުގެ ދަފްތަރު އަދާ ހަމަ ކުރުމުގެ މަސައްކަތް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ފަށައިފިއެވެ. ދިއްދޫ ކައުންސިލުން ޢާންމު ކުރި އިޢުލާނުގައިވާ ގޮތުން، އެ ރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގް ޔުނިޓްގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރި135 ހައުސިންގް ޔުނިޓާއި، ދެވަނަ ބުރުގައި ދޫކުރި110 ހައުސިންގް ޔުނިޓްގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތާއި، ބިމުގެ ދަފްތަރު އަދާ ހަމަކުރުމުގެ މަސައްކަތް ދަނީ ކުރުމަށް މަ...

ނޭކުރެންދޫ ސްކޫލުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ނޭކުރެންދޫ ސްކޫލުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

ހދ. ނޭކުރެންދޫ ސްކޫލުގެ އިސް ވެރިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު އަލީ އާއި ބައްދަލުކުރައްވައިފިއެވެ. ގޫގުލް މީޓް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި، ނޭކުރެންދޫ ސްކޫލުގެ އިސްވެރިންނާއި މިނިސްޓަރގެ އިތުރުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް، ވާހަކަ ދެކެވިފައިވަނީ، ސްކޫލުގެ މެނޭޖްމެންޓްގެ ހުރި ހިތްހަމަ ނުޖެހުންތަކާއި، ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ޝަކުވާތައ...

ޓޫރިޒަމް މިނިސްޓްރީއިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ
Raajje

ޓޫރިޒަމް މިނިސްޓްރީއިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. އެ މިނިސްޓްރީއިން ޢާންމު ކުރި އިޢުލާންއެއްގައި ބުނީ ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކަކީ، ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން މި ފިހާރަތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ފައިދާ ލިބޭނެ މަގު ތަނަވަސްވުމަކީ، އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަދި ހަމަ އެހެންމެ، މި ފަދަ ފިހާރަތަކުން ރާއްޖެ އަންނަ ފަތުރު...

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި
International

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފްރާންސްއިން އުފައްދާ އެންމެހާ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އުރުދުޣާން މި ކަމަށް ގޮވާލައްވާފައިވަނީ، ފްރާންސްގައި މުސްލިމުންނަށް ކުރަމުން އަންނަ ފުރައްސާރަ އިތުރުވެ، އެ ޤައުމުގެ ސަރުކާރުންވެސް މި ކަމަށް އެއްބާރުލުން ދެމުން އަންނާތީއެވެ. “ފްރާންސް އިން ބުނި ގޮތަށް “ތުރުކީގެ އުފެއްދުންތައް ނުގަންނާތި” ހަމަމިއާއި ވިއްދާފައި އަހަރެން އަހަރެންގެ ޤައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ ފްރާންސްގެ އުފެއް...

ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި، ދޮންބައްޕައަށް 15 އަހަރުގެ ޖަލު ޙުކުމެއް
Raajje

ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި، ދޮންބައްޕައަށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުއްޖާކާއި ބެހުނު މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ. މިއަދު ކުރި މި ޙުކުމް އިއްވާފައިވަނީ، ދ. ކުޑަހުވަދޫ ފައިވްސްޓާ، އިބްރާހިމް ޝުޖާޢުގެ މައްޗަށެވެ. އޭނާއަކީ ޖިންސީ އަނިޔާ ލިބުނު 15 ކުއްޖާގެ ދޮންބައްޕަ އެވެ. މި މައްސަލަ މީގެ ކުރިންވަނީ ކުޑަހުވަދޫ ކޯޓުގައި ބަލާފައެވެ. އަދި އެ ކޯޓުން މައްސަލަ ނިންމާފައިވަނީ، ދަޢުވާ ލިބޭ ފަރާތާއި ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާތީ، ޝުޖާޢުގެ މައްޗަށް […]

ދިއްދޫއިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ
Thiladhunmathi News

ދިއްދޫއިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ހއ. ދިއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް އެ ބަލިން ރަނގަޅުވެއްޖެއެވެ. ދިއްދޫގައި ބަލިޖެހިފައިވާ ފަރާތްތައް ރަނގަޅުވެފައިވާ ކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އެ ރަށުގައި ކޯވިޑް-19 ބަލި ޖެހިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތްކަމަށް ވިދާޅުވެ އެ ކައުންސިލް އިދާރާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. މި ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވާ ގޮތުގ...

ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފި
Raajje

ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފި

ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފިއެވެ. “ޝެފް މޯޑު” ގެ ބްރޭންޑިންގް އިފްތިތާޙުކުރުމުގެ މި ޖަލްސާގައި ވަނީ ދިވެހި ނަންނަތަކެއް އެކުލެވޭ، ދިވެހި ވަންތަ ރެސިޕީ ތަކަކާއި އެކު މި ފޮތް ނެރެފައެވެ. ހެންވޭރު އާރާގޭގައި އޮތް މި ޙަފްލާގައި، މި ފޮތް ނެރެދެއްވާފައިވަނީ، މިނިސްޓްރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އެންޑް އެމްޕަވަރމެންޓް އަހުމަދު މަހުލޫފްއެވެ. “ޓޭސްޓް ހޯމް”ގެ ނަމުން ނަންދީފައިވާ މި ފޮތަކީ ޝެފް މޯޑުގެ މުޅިންވެސް އަމިއްލަ އުފެއްދުންތަކެކެވެ. އަދި މި […]

އުތުރުގެ ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އާޒިމް ބައްލަވައި ލަށްވައިފި
Thiladhunmathi News

އުތުރުގެ ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް އާޒިމް ބައްލަވައި ލަށްވައިފި

ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ އަދި ހދ. ހަނިމާދޫގައި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކުރަމުން އަންނަ  ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ. ސީއީއޯ އާޒިމް، މި ތިން މަޝްރޫޢުގެ މަސައްކަތް ބައްލަވާ ލެއްވީ ހއ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ބައްލަވާ ލެއްވުމަށް އެރަށަށް ވަޑައިގަތުމަށްފަހު، މި ތިން ރަށަށް ކުރެއްވި ޒިޔާރަތުގައި އެވެ. މި ގޮތުން އާޒިމް ވަނީ 23 އޮކްޓޯބަރު 2020 […]

ބީއެމްއެލްއިން ހޮޅުދޫގައި މަސްކަނޑަން ޚާއްސަތަނެއް ހަދައިދީފި
Raajje

ބީއެމްއެލްއިން ހޮޅުދޫގައި މަސްކަނޑަން ޚާއްސަތަނެއް ހަދައިދީފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފަރާތުން ނ.ހޮޅުދޫގައި މަސްކެނޑުމަށް ޚާއްސަތަނެއް ހަދައިދީފިއެވެ. ބީއެމްއެލްގެ “ކޮމިޔުނިޓީ ފަންޑް”ގެ ފަރާތުން ހަދާދީފައިވާ މި މަސްކަނޑާތަން ހަދާފައިވަނީ މަހެއްގެ ފަރުމާއަށެވެ. މިތަނަކީ ހޮޅުދޫ މަސްވެރިންގެ އިތުރުން، އެ ރަށުގެ ޢާންމު ރައްޔިތުންނަށްވެސް މަސްކެނޑޭނެހެން ހަދާފައިވާ ތަނެކެވެ. މި ތަނުން މަސްކަނޑަން ބޭނުންވާ ފަރާތްތަކަށް ރޭގަނޑު މަސްކެޑޭނެހެންވަނީ ލައިޓު ހަރުކޮށްދީފައެވެ. އަދި އެއްފަހަރާ8 މީހުންނަށް މަސްކަނޑަން ހުރެވޭއިރު، ރީތިފެން އިސްކުރުވެސް ވަނީ...

ސޫދާންއިން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަނީ
International

ސޫދާންއިން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަނީ

ޢަރަބި ބައެއް ޤައުމުތަކުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދަމަހައްޓަމުންދާއިރު، އެ ލިސްޓަށް އެންމެ ފަހުން ސޫދާންގެ ނަން އިތުރުކޮށް އެ ޤައުމުން އިޒްރޭލާއި އެކު ސިޔާސީ ގުޅުން ދެމެހެއްޓުމަށް ނިންމައިފިއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދުވަސްކޮޅަކަށްވެފައި ވަނިކޮށް، އެ ޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ ހުކުރު ދުވަހު މިކަން އިޢުލާންކޮށްފައެވެ. އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ބަޙްރެއިން އިން މިދިޔަ މަހު ވައިޓް ހައުސްގައި އިޒްރޭލާއިއެކު ސިޔާސީ ގުޅުން ޤާއިމު ކުރި ކަމުގެ ފަތްކޮޅެއްގައި ސޮއި...

ކޯވިޑްގެ ސަބަބުން އިންޑިޔާ އާއި ޗައިނާ ވީ މުއްސަނދި، އެމެރިކާގެ ޢާމްދަނީ ދަށަށް!
Report

ކޯވިޑްގެ ސަބަބުން އިންޑިޔާ އާއި ޗައިނާ ވީ މުއްސަނދި، އެމެރިކާގެ ޢާމްދަނީ ދަށަށް!

ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއިން 1 މިލިޔަން މީހުން މަރުވެފައިވާ އިރު، ދުނިޔޭގެ ޤައުމުތަކުގެ މާލީ ޙާލަތަށް ނަޒަރު ހިންގާލުމަކީ ކޮންމެހެންވެސް ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް އެއް ޙާލެއް ޖެހިފައިވާއިރު، މި ބަލިމަޑުކަމުން ފައިދާއެއް ނަގައި މުއްސަނދިވީ ދެ ޤައުމެއްގެ ގޮތުގައި ބެލެވިފައިވަނީ ސަރަހައްދީ ދެ ބާރު ކަމަށްވާ އިންޑިޔާ އަދި ޗައިނާއެވެ. މިއީ ކްރެޑިޓް ސުއިސް ގްރޫޕް އޭޖީ 2020 ގެ ގްލޯބަލް ވެލްތް ރިޕޯޓުން އިއްޔެ ފެންނަން އޮތް […]

ކެލާއިން ދަނޑުބިންތަކާއި، ހުސް ބިންތައް ދޫކުރުމާ ބެހޭ ޤަވާއިދަށް ޚިޔާލު ހޯދަނީ
Thiladhunmathi News

ކެލާއިން ދަނޑުބިންތަކާއި، ހުސް ބިންތައް ދޫކުރުމާ ބެހޭ ޤަވާއިދަށް ޚިޔާލު ހޯދަނީ

ހއ. ކެލާގެ ދަނޑުބިން ބޭނުން ކުރުމާއި، ގޯތިން ބޭރުގައި ރުއްގަސް އިންދުމާއި، އަދި ރަށުތެރޭ ހުރި ހުސްބިންތައް ދޫކުރުމާއި ބެހޭ ޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާއިން ގެޒެޓު ކޮށްފައިވާ ޢާންމު އިޢުލާނެއްގައިވަނީ، މި ޤަވައިދަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 25 އޮކްޓޯބަރުން ފެށިގެން 7 ދުވަސް ތެރޭގައި އެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށެވެ. ޚިޔާލު ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ކައުންސިލް އިދާ...

ޖަޕާނާއި އިންޑިޔާއާއި ދެމެދު 'އެއަރ ބަބްލް' އެއް ޤާއިމުކޮށްފި
International

ޖަޕާނާއި އިންޑިޔާއާއި ދެމެދު 'އެއަރ ބަބްލް' އެއް ޤާއިމުކޮށްފި

ޖަޕާނާއި އިންޑިޔާއާއި ދެމެދު ‘އެއަރ ބަބްލް’ އެގްރީމެންޓްއެއް ޤާއިމުކޮށްފިއެވެ. އިންޑިޔާގައި ހުންނަ ޖަޕާނުގެ އެންބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއަރ ބަބްލް އެގްރީމެންޓްގެ ދަށުން އިންޑިޔާއިން ޖަޕާނަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެ އެންބަސީއިން އަންގާފައިވާ އެއަރލައިންތަކުން ޓިކެޓު ބައްލަވައިގަތުމަށް އެދޭ ކަމަށެވެ. ޓޯކިޔޯގައި ހުންނަ އިންޑިޔާގެ އެންބަސީއިން ބުނެފައިވަނީ، މި އެއަރ ބަބްލްއާއި އެކު، ޖަޕާނުން އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ އެންބަސީގައި މިހާރު ރެޖިސްޓ...

ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް އެންމެ 450 ރުފިޔާއަށް!
Business

ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް އެންމެ 450 ރުފިޔާއަށް!

ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް އެންމެ 450 ރުފިޔާއަށް ލިބޭ ޕްރޮމޯޝަންގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ. ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިހާރު ވަނީ މި އަހަރުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައެވެ. ދިރާގުން މި ޕްރޮމޯޝަންއާއި ގުޅިގެން އިތުރަށް ވިދާޅުވާ ގޮތުގައި، މިއީ ދިރާގުގެ ކަސްޓަމަރުންނަށް، މުނިފޫހި ފިލުވުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ. އަދި ދިރާގުން އަންނަނީ، ދިވެހިން އެންމެ ބޮޑަށް ބަލާ، އެންމެ ބޭނުންވާ ކަހަލަ ޗެނަލްތައް ކަމަށްވާ، ސްޓަރ ނެޓްވޯރކް […]

އެމެރިކާގެ ޚާރިޖީ ވަޒީރު މި މަހު ރާއްޖެ ވަޑައިގަންނަވަނީ
Raajje

އެމެރިކާގެ ޚާރިޖީ ވަޒީރު މި މަހު ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރަސްމީ ދަތުރުފުޅެއްގައި މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އެކު ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. ރާއްޖ...