ހަނދުގައި 4ޖީ ނެޓްވޯރކް އެޅުމަށް ނޮކިއާ އާއި ހަވާލުކޮށްފި
ނާސާގެ އާރޓެމިސް ޕްރޮގުރާމްގެ ދަށުން، ހަނދުގައި އެޅުމަށް ހަމަޖެހިފައިވާ 4ޖީ ނެޓްވޯރކްގެ މަސައްކަތް ފޯނު އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ނޮކިއާ އާއި ހަވާލުކޮށްފިއެވެ. އިންސާނުން އަނެއްކާވެސް ހަނދަށް ދިޔުމުގެ ފޮނި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ނާސާ އިން އެކުލަވާލަމުން އަންނަ ޕްލޭންގައި، ނޮކިއާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ނެޓްވޯރކްގެ ސަބަބުން، ނާސާގެ އުޅަނދުތައް ހައި ޑެފިނީޝަން ވީޑިޔޯގެ ޒަރީޢާއިން ވަގުތުން ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އާރޓެމިސް ޕްރޮގުރާމުގެ ދަށުން...