ސްރީލަންކާގެ ދެ ސަރަހައްދެއްގައި ކާރފިއު އިޢުލާންކޮށްފި
ސްރީލަންކާގެ ދެ ސަރަހައްދެއްގައި ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއިއެކު، އެ ދެ ސަރަހައްދުގައި ކާރފިއު އިޢުލާން ކޮށްފިއެވެ. ދިވުލަޕިޓިޔާ އަދި މިންވަންގޮޑާ ސަރަހައްދުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުމާއިއެކު، މިއަދު ވަނީ އެ ސަރަހައްދުގައި ކަވިމުއްދަތެއްނެތްގޮތަށް ކާރފިއު އިޢުލާންކޮށްފައެވެ. މިކަން، ސްރީލަންކާގެ ސިފައިންގެ ކޮމާންޑަރ، ޝަވެންދްރާ ސިލްވާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ލަންކާގެ ނޫސްތަކަށް މަޢުލޫމާތުދެމުން އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ދިވުލަޕިޓިޔާގެ ފެކްޓްރީއަކުނ...