ބަންޑުން ޖަހާލި ދޯނި ކުރިނބީއަށް ގެންގޮސްފި
ހދ. ކުޅުދުއްފުށިން އެ އަތޮޅު ކުރިނބީއަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ދޯނި، ކުރިނބީއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހާރު އެދޯނި ކުރިނބީއަށް ގެނެސް ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާ އެއް ވެފައިނުވާކަމަށެވެ. ނަމަވެސް މިދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދަލެއް ވަނީ ކަނޑުއަޑިއަށް ގޮސްފައި ކަމަށެވެ. މިދޯންޏަކީ ކުރިނބީގައި ދުއްވަމުން އަންނަ “ވިންދު” ނަމަކަށ...