ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރެވެމުންދާ77 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން އުތީމުގައި މިއަދު ވަނީ ޤައުމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކުން ދުވަސް ފަށާފައެވެ. މި ރަސްމިއްޔާތުގައި އުތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިތުރުން، ސްކޫލު ކުދިންވެސް ވަނީ ބައިވެރިވެފައެވެ.

Ad
rt

މި ރަސްމިއްޔާތަަށްފަހު، ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައިވަނީ މި ދުވަހާއި ބެހޭ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ހއ. އަތޮޅު ކައުންސިލް މެންބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންވެރިންނާއި، ސްކޫލު ދަރިވަރުންގެ އިތުރުން، އެމްއެންޑީއެފްގެ ޓީމެއްވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޢިމްރާން އަބްދުﷲ ވަނީ ވީޑިޔޯގެ ޒަރީޢާއިން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެއަށްފަހު، މިއަދު ޤައުމާއި މުޚާޠަބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ދެއްކެވި ވާހަކަފުޅުވެސް ވަނީ މި ޖަލްސާގައި ވީޑިޔޯ މެދުވެރިކޮށް ދައްކާފައެވެ.

މި ޖަލްސާ އުތީމުގައި ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން އެ އޮތޯރިޓީގެ ގައިޑްލައިން ތަކާއި އެއްގޮތަށެވެ.

#Utheemu_Council 1442 Vana Aharuge Gaumee Dhuvahuge Rasmee Jalsaa Bodu Thakurufaan Hadhaanee Marukaz #BMC
#Gaumee1442

Posted by Secretariat of Utheemu Council on Sunday, October 18, 2020

ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައިވަނީ ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން އަންހެނުންގެ ވޮލީ މެޗަކާއި، ފިރިހެނުންގެ ފުޓުބޯޅަ މެޗެއްގެ އިތުރުން، މަސްރޭހެއްވެސް ވަނީ ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އަދި މި މަސްރޭހުން1 ވަނަ2 ވަނަ3 ވަނަ ވެސް ވަނީ ހޮވާ ގޮތަށް ނިންމާފައެވެ. އަދި މި ވަނަ ތަކަށް ހޮވޭ ފަރާތްތަަކަށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. އުތީމަކީ، ޤައުމީ ދުވަސް ފާހަގަ ކުރަމުންދާ ސަބަބު ކަމަށްވާ ޕޯރޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމުގައި އިސް ރޯލެއް އަދާ ކުރެއްވެވި މުހައްމަދު ތަކުރުފާނުއުފަން ރަށެވެ. ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުތީމުގައި ގިނަ ޙަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.