Skip to main content

މުޙައްމަދު މާއިލް ހަސަން

Viewer
🇲🇻 ތިލަދުން Desk
160 Stories
14 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު މާއިލް ހަސަން

ލަންކާގެ ނޭވީ އަދި ރައްޔިތުން ނުކުމެ 100 އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި
International

ލަންކާގެ ނޭވީ އަދި ރައްޔިތުން ނުކުމެ 100 އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި

ސްރީލަންކާގެ ނޭވީ އަދި އެ ޤައުމުގެ ރަށްފުށު ހިސާބުގެ ގިނަ ބަޔަކު ނުކުމެ އެ ހިސާބުގެ ގޮނޑުދޮށަށް ލައްގަމުންދިޔަ 100 އަށްވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފިއެވެ. ކޯވިޑް-19ގެ ބޮޑު ބިޔަ ރާޅެއް އެ ޤައުމަށް ކުރިމަތިވެ، އެ ޤައުމު ފުރަބަންދުކޮށްފައި ވަނިކޮށް އެ ޤައުމުގެ މި ހިސާބުގެ ރައްޔިތުންވަނީ ފުރަބަންދުގެ އެންގުމަށް ނުބަލައި ނުކުމެ މި ބޮޑު މަސްތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައެވެ. ވެރިރަށް ކޮލަންބޯގެ ދެކުނުގައި އޮންނަ ޕާނަދުރައިގެ ގޮނޑުދޮށަށް ލައްގަމުންދިޔަ ގިނަ ޢަދަދެއްގެ ބޮޑު މަސްތައް […]

އެމެރިކާގެ ރިޔާސީ އިންތިޚާބު 2020: 1 މިލިޔަން މީހުން ވޯޓު ލައިފި
International

އެމެރިކާގެ ރިޔާސީ އިންތިޚާބު 2020: 1 މިލިޔަން މީހުން ވޯޓު ލައިފި

މިއަދު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް 1 މިިލިޔަން މީހުން ވޯޓު ލާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިފަހަރުގެ މި އިންތިޚާބުގައި އެމެރިކާއިން 160 މިލިޔަން މީހުން ވޯޓު ލާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕޮލިޓިކަލް ސައިންގެ ޕްރޮފެސަރ މައިކަލް ޕީ މެކްޑޮނާލްޑް ވިދާޅުވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލާ ފަހަރެވެ. އެމެރިކާގެ ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީ ބުނާ ގޮތުގައި ވޯޓު […]

ތުރުކީ ބިންހެލުން: 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފި
International

ތުރުކީ ބިންހެލުން: 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފި

މިދިޔަ ހަފްތާގެ ތެރޭގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ޢިމާރާތްތަކުގެ އެތެރޭގައި ތާށިވެފައި އޮތް 3 އަހަރުގެ ކުއްޖެއް 65 ގަޑިއިރުގެ ފަހުން ސަލާމަތްކޮށްފިއެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންވަނީ ޢިމާރާތްތަކުގެ ދަށުން ދެ ކުޑަކުދިން ސަލާމަތްކޮށްފަ އެވެ. މި ކުދިން ފެނިފައިވަނީ ބިންހެލުން އައިސްފައިވާ އެއިޖިއެން ސަރަހައްދުގައި ބިމާ ހަމަވެފައިވާ ގާ ފުންޏެއްގެ ތެރެއިންނެވެ. 3 އަހަރުގެ ތުއްތު އޭލިފް ޕެރިންސެކް މި ގާފުނީގެ އަޑިން ސަލާމަތްކޮށްފައިވަނީ ރެކްޓަރ މިންގަނޑުން 7.0 ގައ...

ފްރާންސްގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވަނީ
Report

ފްރާންސްގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ ޢަދަދު އިތުރުވަނީ

ދުނިޔޭގައި މި ވަގުތު މުސްލިމުންނަށް އެންމެ ހަޖޫ ޖަހައި، އެންމެ ބޮޑަށް ފުރައްސާރަ ކުރަމުން އަންނަ ޤައުމު ކަމަށްވާ ފްރާންސްގައި އަލަށް އިސްލާމްވަމުން ވަމުން އަންނަ މީހުންގެ ޢާބާދީ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފްރާންސްގެ ވެރިރަށް ޕެރިސްގެ ކްރޭޓެއިލް ސަރަހައްދުގައި ބިނާކޮށްފައިވާ ‘ސަހާބާ’ މިސްކިތަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި އަލަށް އިސްލާމްވަމުން އަންނަ އައު މުސްލިމުންގެ މިސްކިތެވެ. އެ މިސްކިތުން ދިން މަޢުލޫމާތެއްގައި ބުނެފައިވަނީ އަހަރެއްގެ މައްޗަށް 150 އަށްވ...

ނާސާގެ ސެޓެލައިޓަކުން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް
Raajje

ނާސާގެ ސެޓެލައިޓަކުން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް

ނާސާގެ ސެޓެލައިޓެއް ކަމަށްވާ “ކޮޕާރނިކަސް ސެންޓިނެލް-3 މިޝަން” އިން ރާއްޖޭގެ އަތޮޅުތަކުގެ ރީތި މަންޒަރެއް ނަގައިފިއެވެ. އިންޑިޔާ ކަނޑުގެ ރީތިކަމާއި އެކު، މުތީ ތަކެއް ފަދައިން އެތުރިފައިވާ ރާއްޖޭގެ އަތޮޅުތަކުގެ ފޮޓޯ އިތުރަށް ފުރިހަމަވެގެންދަނީ މި ސެޓެލައިޓުން ނަގާ ފޮޓޯ ވަށަމިނުން 1270 ކިލޯމީޓަރު ކަވަރުކުރާތީއެވެ. އެމެރިކާގެ ޖައްވީ އިދާރާއިން އުދުއްސާލާފައިވާ މި ސެޓެލައިޓުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. އަދި ހިކިފަސް ތަންތަނުގެ ފިނިހޫނުމިނ...

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް
International

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް

ޠޫފާން ގޯނީ ފިލިޕީންސްއާއި ގާތްވެ 2 ލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފިއެވެ. މޫސުމާ ބެހޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ އެ ޤައުމަށް މި އަހަރުގެ ތެރޭގައި ކުރިމަތިވާ އެންމެ ބާރުގަދަ ޠޫފާން ކަމަށެވެ. އަދި މި ޠޫފާނުގެ ސަބަބުން ވައި ގަދަވެ ވިއްސާރަ ވުމުގެ ސަބަބުން ގިނަ ތަންތަނަށް ގެއްލުންވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ޠޫފާން ގޯނީ އެންމެ ފުރަތަމަ އަރާނެ ކަމަށް […]

ޚަބީބްގެ ހޫނު ބަހުގެ ހަމަލާތަކެއް ފްރާންސްގެ ރައީސަށް
International

ޚަބީބްގެ ހޫނު ބަހުގެ ހަމަލާތަކެއް ފްރާންސްގެ ރައީސަށް

ދުނިޔޭގެ އެންމެ މޮޅު އެއް މިކްސް މާރޝަލް އާރޓިސްޓް، އަަދި މުސްލިމް ދުނިޔޭގައި “ހީރޯ” އެއް ކަމުގައި ދެކެމުންއަންނަ ޚަބީބް ނުމަގޮމެޑޯވް، ފްރާންސްގެ ރައީސަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ. ޚަބީބް އޭނާގެ އިންސްޓަރގްރާމް އެކައުންޓްގައި ބުނެފައިވާ ގޮތުން ،ފްރާންސްގެ ރައީސަކީ ނުލަފާ ވެރިއެކެވެ. އަދި އޭނާގެ މައްޗަށް މާތްﷲގެ ލަޢުނަތް ޙައްޤުވެގެންވެއެވެ. މުސްލިމު ދުނިޔޭގައި އަދި ހަމަ އެހެންމެ މި ވަގުތު ދުނިޔޭގައި އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ހިމެނޭ ޚަބީބް ވަނީ ޚިޔާލު […]

ނަބިއްޔާގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ދަރުސްއެއް ބާއްވަނީ
Raajje

ނަބިއްޔާގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ދަރުސްއެއް ބާއްވަނީ

ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ބާއްވާ ދަރުސް މިރޭ ފޭސްބުކްއިން ލައިވް ކުރުމަށް ހަމަޖެހިއްޖެއެވެ. ނަބިއްޔާ صلى الله عليه وسلمގެ ސިޔަރަތާއި، އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ އިތުރުން، އެކަލޭގެފާނާއި ދެމެދު ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަމިއްޔަތުއް ސަލަފް އަދި އިތުރު 37 ޖަމިއްޔާއެއް ގުޅިގެންނެވެ. މި ދަރުސްގެ އެންމެ މައިގަނޑު އެއް މަޤްޞަދެއްކަމުގައި ބެލެވެނީ، އެކަލޭގެފާނު صلى الله عليه […]

ޓައިވާންއިން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް
International

ޓައިވާންއިން ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް

ދުނިޔޭގެ ގިނަ ޤައުމުތައް ކޯވިޑް-19 ގެ ދެވަނަ ރާޅެއްގެ ދަށުވެފައިވާއިރު، ޓައިވާންއިން މި ބަލީގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް ވެއްޖެއެވެ. ޓައިވާންއަކީ މި ވަގުތު ދުނިޔޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ ކާމިޔާބު އެއް ޤައުމެވެ. އަދި މި ޤައުމަށް އަނެއްކާވެސް މި ލިބުނު ޝަރަފަކީ މިއަދާއި ހަމައަށް ކޯވިޑް-19 ގެ ކޭސްއެއް ނުފެންނަތާ 200 ދުވަސް ވުމެވެ. އެންމެ ފަހުން ޓައިވާންއިން މި ބަލީގެ ކޭސްއެއް ފެނިފައިވަނީ އޭޕްރިލް މަހުގެ 12 […]

މަސްދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރިކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފި
Raajje

މަސްދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރިކަމުގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށްފި

ލ. އަތޮޅު އެތެރެވަރީގައި އޮތް މަސްދޯންޏަކަށް ތޫނު ހަތިޔާރާއި އެކު އެރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 7 ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްއިން އާންމުކުރި މަޢުލޫމާތުގައި ބުނާ ގޮތުގައި، ރެއިން ފެށިގެން މިއަދު މެންދުރާއި ހަމައަށް މި މައްސަލައިގައި ތުހުމަތު ކުރެވޭ 7 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް ޖުމްލަ 16 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 9 މީހެއްގެ ބަންދާއިމެދު ގޮތެއް […]

ފިއްލަދޫގައި ހިނަވާގެއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި
Thiladhunmathi News

ފިއްލަދޫގައި ހިނަވާގެއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

ހއ. ފިއްލަދޫގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. އެރަށުގައި ހިނަވާގެއެއް އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ ފަރާތުން ކުރި ޢިޢުލާންގައިވާ ގޮތުން، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަނީ ފުރުޞަތު ހުޅުވާލައިފައި އެވެ. އެ މަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ފުރުޞަތު ދީފައި ވަނީ 16 ނޮވ...

ވިއެޓްނާމްއަށް ޠޫފާން މޯލޭވް އަރައި 2 މީހުން މަރުވެއްޖެ
International

ވިއެޓްނާމްއަށް ޠޫފާން މޯލޭވް އަރައި 2 މީހުން މަރުވެއްޖެ

ވިއެޓްނާމްގެ މެދުތެރޭ ސިޓީތަކަށް އަރާފައިވާ ޠޫފާން މޯލޭވްގައި 2 މީހުން މަރުވެއްޖެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ބުދަ ދުވަހު އެރި މި ޠޫފާންގައި ވަނީ ވިއެޓްނާމްގެ ސިޓީ ތަކުގެ ގިނަ ގަސްތަކެއް މުލުން ލުހިލާ، ގިނަ ގޭގޭގެ ފުރާޅުތައްވެސް އެއްލާލާފައެވެ. އަދި މިއީ އެ ޤައުމުގެ ގިނަ ބަޔަކު ސިފަކުރާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމަށް އެރި އެންމެ ވަރުގަދަ ޠޫފާންއެވެ. އެ ޤައުމުގެ މީހުން ސަލާމަތްކުރާ ޖަމާޢަތްތަކުންވަނީ 375،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި މި […]

އެސްޓީއޯއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް
Business

އެސްޓީއޯއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގް އޯރގަނަައިޒޭޝަން (އެސްޓީއޯ)އަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެސްޓީއޯގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް 119 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނައިން މި ކުއާޓަރުގައި ލިބުން އިރު، މިދިޔަ އަހަރަށްވުރެ އެ ކުންފުނީގެ 3 […]

ބީއެމްއެލްގެ ފަރާތުން ފުނަދޫ ސްކޫލު ލައިބްރަރީއަށް ދީލަތި އެހީއެއް
Raajje

ބީއެމްއެލްގެ ފަރާތުން ފުނަދޫ ސްކޫލު ލައިބްރަރީއަށް ދީލަތި އެހީއެއް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފާރާތުން ށ.ފުނަދޫ ސްކޫލު ލައިބްރަރީ ތަރައްޤީ ކުރުމަށް ދީލަތި އެހީތެރިކަމެއް ދީފިއެވެ. މިއަދު އެ ސްކޫލުގެ ލައިބްރަރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފުނަދޫ ސްކޫލަށް މި އެހީތެރިކަން ހަވާލުކޮށްދީފައިވަނީ، އެ ރަށުގެ ބީއެމްއެލް ބްރާންޗްގެ ޓީމުންނެވެ. އަދި މި އެހީތެރިކަމާއި އެކު، ބީއެމްއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުނަދޫ ސްކޫލުގެ ލައިބްރަރީއަށް އިތުރު ތަރައްޤީއެއްލިބި މީގެ ސަބަބުން އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ރަނގަޅު މާހައުލ...

ކޯވިޑްގެ ދުވަސްވަރުގައި ވައިގެ ދަތުރުފަތުރު ކުރުމަށް ބިރުގަނޭތަ؟
Report

ކޯވިޑްގެ ދުވަސްވަރުގައި ވައިގެ ދަތުރުފަތުރު ކުރުމަށް ބިރުގަނޭތަ؟

ޤައުމުތަކުގެ ބަލި މަޑު ކަމުގެ ޙާލަތު ބަދަލުވަމުން އައިސް، ކިރިޔާވެސް ނޭވާ ލެވޭ ހިސާބަށް ދިޔުމުން މިވަނީ ބޯޑަރުތައް ހުޅުވާލާ، މެހެމާނުނަށް މަރުޙަބާ ކިޔަން ފަށާފައެވެ. ނަމަވެސް، މިއަދު ދަތުރު ފަތުރު ކުރާ ކޮންމެ މީހެއްގެ ހިތުގައި އޮންނާނެ ބިރުވެރިކަމަކީ، ކޯވިޑް-19 ގެ ބިރުވެރިކަމެވެ. ބަލި ޖެހިދާނެ ކަމުގެ ބިރުވެރިކަމެވެ. މީގެ ތެރެއިންވެސް، “ބަންދު” ވެގެން ދަތުރު ކުރާ މަތިންތާބޯޓެއްގެ ތެރޭގައި އެތަކެއް ގަޑިއިރު ހޭދަ ކުރުމަކީ ކޮންމެ މީހެއްގެވެސް މިވަގުތު ނަފްސާނީ ގޮތުން ގޮންޖަހާލާނެ ކަމެކެވެ. […]