އަމްރު ވަކިކޮށް، އެސްޓީއޯ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިނޭޝަން (އެސްޓީއޯ) ގެ ހިންގުން ވަގުތީގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފިއެވެ. އެސްޓީއޯ އަށް މި ބަދަލު ގެނެސްފައިވަނީ މިއަދު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެސްޓީއޯއިން ވަނީ އެކަން ހާމަކޮށް ޓްވީޓެއްކޮށްފައެވެ. އެސްޓީއޯ އިން ބުނީ އެ ކުންފުނީގރ ހިންގުން ވަގުތީގޮތުން ނިޒާމްއާ ހަވާލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސ...