އެމްޓީސީސީން އެމްއައިބީއާ ގުޅިގެން "އިންޖީނު ފައިނޭންސިން ޕްރޮމޯޝަން" އެއް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ފައިނޭންސް ކޮށްގެން އިންޖީނު ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް އެމްއައިބީ އާއި އެމްޓީސީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމް ސޮއި ކުރެއްވި އިރު އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުފައްދަލް...