މޯލްޑިވިއަންގެ 4 ވަނަ އޭޓީއާރު ގެނެސްފި
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600 – 42 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ. މޯލްޑިވިއަންގެ އައު ބޯޓަށް މަރުހަބާ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި މަތިންދާބޯޓުގެ ސަބަބުން އެ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހ...