މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކުރިއަށްގެންދިޔަ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް މިއަދު އިނާމު ހަވާލުކޮށްފިއެވެ.

އުރީދޫ ހެޑްކުއާޓަރުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި، ހަދިޔާ ފޮށީގެ އެންމެ ހާއްސަ އިނާމު، އެޕަލް ވިޝަން ޕްރޯ ވަނީ ހަވާލުކޮށްފައެވެ. މި ހަދިޔާ ލިބިފައިވަނީ އަހުމަދު ފަޔާޒަށެވެ.

Ad
rt

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަ ވެސް ވަނީ ހަދިޔާގެ ގޮތުގައި ދީފައެވެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކް ފަދަ އިތުރު ގިނަ އިނާމުތައް ވެސް މިއަހަރުގެ ހަދިޔާ ފޮށީގައި އުރީދޫން ވަނީ ހިމަނައިފައެވެ.

އުރީދޫގެ ޗީފް ކޮމާަޝަލް އޮފިސަރު ހުސެއިން ނިޔާޒް ވަނީ ހަދިޔާ ފޮށީގައި ބައިވެރިވެގެން އިނާމު ހޯދި ފަރާތްކަށް މަރުހަބާ ދަންނަވައިފައެވެ.

ނިޔާޒު ވިދާޅުވީ އެ ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އައު ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.