ޕެނަމާގެ މައްޗަށް ކުރިހޯދައި ކްރޮއޭޝިއާ އުންމީދު އާކޮށްފި
ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދިއުމަށް ކުރަމުންދާ މަސައްކަތުގައި، ޕެނަމާ 1-0 އިން ބަލިކޮށް ކްރޮއޭޝިއާ އުންމީދު އާކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ބަލިވުމާއެކު ޕެނަމާ ވަނީ މުބާރާތުން ކަޓާފައެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 54 ވަނަ މިނެޓުގައެވެ. ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ދެވަނަ ހާފުގައި އިތުރު ފޯވާޑަކު ކުޅެން އެރުވިތާ އެންމެ ހަތަރު މިނެޓު ތެރޭގައި، ޖޯސިޕް ސްޓަނިސިޗް ނެގި ހިތްގައިމު ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަންޓޭ […]