އާ ސީޕްލޭން ޓާމިނަލް ދިވެހި ސަރުކާރާއި ހަވާލުކޮށްފި
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހުޅުލޭގައި ތަރައްގީ ކުރި އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފިއެވެ. ބީޔޫސީޖީއާ ހަވާލާދީ ޗައިނާގެ ޒިންހުއާ ނޫހުގައި ބުނެފައިވާ ގޮތުގައި ޓާމިނަލް މިހާރުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން ބީޔޫސީޖީގެ ޕްރޮޖެކްޓު ޑިރެކްޓަރު ޒެން ފެންލިން ވިދާޅުވީ އާ ޓާމިނަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ރަނގަޅުވެ އިގްތިސާދަށް ބޫސްޓެއް އަންނާނެ ކަމަށެވެ...